ވަޒީފާގެ ފުރުޞަތު
ނަންބަރު: GS33/2019/03
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 21 ޖަނަވަރީ 2019 00:00
ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރުން ނެގުމާއި ބެހޭ

ސެކިއުރިޓީ އޮފިސަރުން ނެގުމާއި،ބެހޭ        

           

       މިމަދަރުސާގައި 01 ފެބްރުއަރީ 2019 ން 31 ޑިސެމްބަރ 2019 ގެ ނިޔަލަށް ކޮންޓްރެކްޓް އުސޫލުން ސެކިއުރިޓީ ބަލަހައްޓައިދޭނެ ސެކިއުރިޓީ އޮފިސަރުން ނަގަން ބޭނުންވެއްޖެއެވެ.

ބޭނުންވާ ޢަދަދު: 03 ( ތިނެއް )

މުސާރަ:      މަހަކު -/5000 ރ.

  • މިމަސައްކަތް ޙަވާލުކުރާ ފަރާތްތަކުން އިތުރު އިނާޔަތެއް ނުދެވޭނެއެވެ. ސެކިއުރިޓީ އޮފިސަރުންގެ މަސައްކަތަކީ ، ސްކޫލްގެ ޢިމާރާތްތަކާއި، މުދަލާއި، ތަކެތި އަދި ވަށައިގެންވާ މަގުތަކުގެ ސަލާމަތާއި، ރައްކާތެރިކަން ބެލެހެއްޓުމެވެ.
  • މިމަސައްކަތް ކޮށްދިނުމަށް ކުރިމަތިލެވޭނީ ޢުމުރުން 65 އަހަރުން ދަށުގެ ،ރަނގަޅު އަޚުލާޤެއްގެ ، ލިޔަންކިޔަން ދަންނަ، ދިވެހި ރައްޔިތަކަށެވެ.
  • މަސައްކަތް ކުރަންޖެހޭނީ ސްކޫލުން ކަނޑައަޅާ ޑިއުޓީ ތާވަލަކާއި އެއްގޮތަށެވެ.
  • މަސައްކަތް ޙަވާލުކުރެވޭ ކޮންމެ ފަރާތަކާއި، އެކު މިސްކޫލުން އެއްބަސްވުމެއް ހެދޭނެއެވެ.
  • މިމަސައްކަތް ޙަވާލުކުރާނެ ތިންފަރާތެއް ކަނޑައަޅާނީ ، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރުމަށްފަހު އިންޓަވިއުކޮށްގެންނެވެ.

       ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޖެނުއަރީ 2019 ވާ ހޯމަ ދުވަހު ، މެންދުރުފަހު 1.30 ގެ ކުރިން ސިޓީއަކުން ސްކޫލްއޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅާ ސިޓީ އާއިއެކު ތަޢުލީމީ ސެޓްފިކެޓް ތަކާއި، އައި.ޑީކާޑު ދެފުށުގެ ކޮޕީ އަދި ޕޮލިސް ރިޕޯރޓްހުށަހަޅުއްވަން ވާނެއެވެ.

                      13     ޖެނުއަރީ    2019 

                                              

13 ޖަނަވަރީ 2019