ދިވެހިރާއްޖެ
މި ސްކޫލުން އެޕާރޓްމަންޓެއް ހޯދުމަށް ކުރެވުނު ނަންބަރ: GS76/IUL/2018/21 އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
އިޢުލާން
2019 ވަނަ އަހަރު މި ސްކޫލްގެ އިސްވެރިޔާ ހުންނަވާނެ އެޕާރޓްމަންޓެއް ކުއްޔަށްހިފަން ބޭނުންވެއްޖެ:
މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް 02 (ދެއެއް) ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. ވީމާ އެޕާރޓްމަންޓް ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޖެނުއަރީ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ށް މި ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ޖެނުއަރީ 2019 ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުޅައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ހާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 6500527 ނަންބަރު ފޯނާއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.