މަސައްކަތް
ނަންބަރު: (IUL)248-ESMSMS/248/2019/3
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 22 ޖަނަވަރީ 2019 11:30
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިހަވަންދޫ ކައުންސިލްގެ އިދާރާގައި ސީ ސީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

`

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ               

ހއ. އިހަވަންދޫ                                                   

ދިވެހިރާއްޖެ                          

ނަންބަރު: IUL-248-ESMSMS/248/2019/3

އިޢުލާން

އިހަވަންދޫ ކައުންސިލްގެ އިދާރާގައި ސީ.ސީ ކެމެރާ ހަރުކުރުން.                           

                       އިހަވަންދޫ ކައުންސިލްގެ އިދާރާގައި ސީ ސީ ކެމެރާ ހަރުކުރުމާއި ގުޅޭ ގޮތުން ކުރެވުނު މިއިދާރާގެ ނަމްބަރު: (IUL)248-ESMSMS/248/2018/108 ( 27 ޑިސެންބަރު 2018 ) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދެއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައި ނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.  

                       ވީމާ، މިއިދާރާގައި މުޅި ކޮމްޕްލިޓު އެއްކޮށް ހިމެނޭ ގޮތަށް 12 ސީ ސީ ކެމެރާގެ ސެޓެއް ހަރުކޮށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހު 11:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 27 ޖަނަވަރީ 2019 ވާ އާދިއްތަ ދުވަހު 11:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. 

                       މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދިނުމަށް އެދި އަންދާސީ ހިސާބު ހުށަހެޅޭނީ، ކުންފުނި، ޕާޓްނަރޝިޕް، އަދި ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

                       އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް،  އިހަވަންދޫ ކައުންސިލްގެ އިދާރާގައި ސީ ސީ ކެމެރާ ހަރުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ އަންދާސީ ހިސާބުކަން އެނގޭ ގޮތަށް ސިޓީއުރައިގެ ބޭރުގައި ލިއުއްވައިފައެވެ.

                       މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ޖަނަވަރީ 2019