މަސައްކަތް
ނަންބަރު: GS47/2019/10
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 16 ޖަނަވަރީ 2019 10:00
މޭނާ ސްކޫލް ނ.ހޮޅުދޫ
ދިވެހިރާއްޖެ
2019 ވަނަ އަހަރު މޭނާސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން

 

 

މޭނާސްކޫލް

ނ.ހޮޅުދޫ

ދިވެހިރާއްޖެ

ނަމްބަރ:GS47/2019/10 

އިޢުލާން

             2019 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިސްކޫލުން ކުރެވުނު ނަމްބަރ GS47/2019/08 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައި ނުވާތީ އެއިޢުލާނު ބާތިލްކޮށް ތިން ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

             ވީމާ، މިކަން ކުރަން އެދޭ ފަރާތްތަކުން 16 ޖެނުއަރީ 2019 ވާ ބުދަ ދުވަހު ހެނދުނު 10:00 ށް ސްކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ޖެނުއަރީ 2019 ވާ ހޯމަ ދުވަހު ހެނދުނު 10:00 ށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

             މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

             މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޟިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލް ކުރައްވަނީ ކޮން ކުންފުންޏެއް ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭނޭ ލިއުމެއް ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ މިސްކޫލްގެ ފޯނު 6560001 އަށް ގުޅުއްވުން އެދެމެވެ.     

                  7 ރަބީއުލްޢޫލާ 1440                                           13 ޖެނުއަރީ 2019     

 

           

 

 

 

                       

13 ޖަނަވަރީ 2019