ކުއްޔަށް ހިފުން
ނަންބަރު: S2C-A/2019/01
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 21 ޖަނަވަރީ 2019 13:30
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓް ހިންގުމަށް ސ. ފޭދޫ އިން ޢިމާރާތެއް ކުއްޔަށް ހޯދުމާއިގުޅޭ

އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓް ހިންގުމަށް ސ. ފޭދޫ އިން ޢިމާރާތެއް ކުއްޔަށް ހޯދުމަށް ކުރެވުނު ނަންބަރު 18/S2C-A/2018ޢިއުލާނަށް ޝައުޤުވެރިކަން ފާޅުކޮށް އެސްޓިމޭޓް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ އެއިއުލާން ބާތިލްކޮށް، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓް ހިންގުމަށް ސ. ފޭދޫ އިން ޢިމާރާތެއް ކުއްޔަށް ހޯދުމަށް އަލުން އިއުލާން ކުރަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ޝީޓާއި އެހެނިހެން މަޢުލޫމާތު ގެޒެޓުންނާއި، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކުވެސް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓާއި އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ވީމާ، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓް ހިންގަން، ސ. ފޭދޫ އިން ޢިމާރާތެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޖެނުއަރީ 2019 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ. ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

13 ޖަނަވަރީ 2019