ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E1/30/2019/5
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 12:32
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުވެރިކަމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލުން

ދަނޑުވެރިކަމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލުން 

ދަނޑުވެރިކަމުގެ ދާއިރާގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ " ދަނޑުވެރިކަން ކުރުމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލުން" ގެ ދަށުން ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނު) އަށް ގެނުވުނު 15 ވަނަ އިސްލާހާ ގުޅިގެން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް ތިރީގައި މިވަނީއެވެ.

މިފަދަ ލިސްޓެއް ޤާއިމް ކުރުމުގެ މަޤްޞަދަކީ ސީދާ ދަނޑުވެރިކަމަށް ގެންނަ ތަކެތި ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދެވި މިކަމުން މިޞިނާޢަތުން ކުރިއެރުން ހޯދުމަށް ޓަކައެވެ. އަދި ދަނޑުވެރި ކަމަކީ އިޤްތިޞާދީ ގޮތުން ފުދުންތެރި، ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވޭ ދެމެހެއްޓެނިވި މަސައްކަތަކަށް ހެދުމެވެ. 

13 ޖަނަވަރީ 2019