ދިވެހިރާއްޖެ
އިޢުލާން
ތިރީގައި މި ދަންނަވާ މަގާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ބޭނުންވެއްޖެއެވެ. މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ ދިވެހިބޭފުޅުންނަށެވެ. ނަމަވެސް، ދިވެއްސަކު ނުލިބިއްޖެނަމަ ކޮންޓްރެކްޓް އުސޫލުން ބިދޭސީ މުވައްޒަފަކު ނެގޭނެ ވާހަކަ ދަންނަވަމެވެ.
މަޤާމް: ފިޒިއޮތެރަޕިސްޓް
ރޭންކް: އެމް.އެސް 3 (މެޑިކަލް ސަރވިސް 3)
ކްލެސިފިކޭޝަން: މެޑިކަލް ސަރވިސް
މުސާރަ: މަހަކު5,610/- ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު 3500/- ރުފިޔާ
އެކޮމޮޑޭޝަން އެލަވަންސް: މަހަކު 2,500/- ރުފިޔާ
ފުޑް އެލަވަންސް: މަހަކު1,800/- ރުފިޔާ
ނޮންޕްރެކްޓިކްސް އެލަވްންސް: މަހަކު 1,963/50ރުފޔާ
ބޭނުންވާ އަދަދު: 01
މަސައްކަތް ކުރަންޖެހޭ ތަން: މާފުށި ޖަލު
ފެންވަރު ނުވަތަ ޝަރުތު:
މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- ފިޒިއޮތެރަޕީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ފިޒިއޮތެރަޕީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން
މަޤާމުގެ މަސްޢޫލިއްޔަތު:
- ފަރުވާދެވޭ ބަލިމީހާގެ ބައްޔާބެހޭގޮތުގެ މަޢުލޫމާތު އަހާ އޮޅުންފިލުވުމަށްފަހު އެސެސްމެންޓް ފޯމްފުރުމާއި، ދެމެހެއްޓެނެވި ގޮތެއްގައި ބަލިމީހާގެ ހާލަތު މުރާޖައާކޮށް، ފަރުވާކުރިއަށްދާގޮތާއި ބަލިމީހާއަށް އަންނަ ބަދަލުތައް ރިކޯޑްކޮށް ފައިލްކުރުން
- ފަރުވާދިނުމުގައި ބަލިމީހާގެ ހާލަތަށް އެންމެ އަކަށޭނެ ފިޒިއޮތެރަޕީގެ ފަރުވާ ޚިޔާރުކޮށް ރޭވުމަށްފަހު ފަރުވާތެރިކަމާއި އެކު އެ ފަރުވާ ބަލިމީހާއަށް ފޯރުކޮށްދިނުމާއި، ފަރުވާ ކުރިއަށް ގެންދިއުމުގައި ބަލިމީހާ ރަނގަޅުވަމުންދާ މިންވަރު ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނައުން
- ފަރުވާދޭއިރު ބަލިމީހާއި ތިމާގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް ވިސްނުން އަދި ހުރިހާ ވަގުތެއްގައިވެސް ތިމާގެ ސްކޯޕް އޮފް ޕްރެކްޓިސްގެ ހުދޫދުންބޭރުނުވެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް:
- މަސައްކަތުގެ ތަޖުރިބާ.
- ތައުލީމާއި ތަމްރީން.
އިންޓަރވިއު ކުރުން:
- މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އެންގޭނެއެވެ. (ދިވެހިން)
ސުންގަޑި:
- މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއި އެކު 20 ޖެނުއަރީ 2019 ވަނަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުއްވުން އެދެމެވެ.
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްހަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް:
ފޯން ނަންބަރު: 3312694، 3328443
ފެކްސް ނަންބަރު: 3313727
އީ މެއިލް: [email protected]
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދޭ ފޯމު. (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.
- ބިދޭސީއެއްނަމަ ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ފޮޓޯ.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ.(އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ސީވީ )
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.
- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.
- ބިދޭސީ އެއްނަމަ ފުރާފައިވާ މޯލެޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމު.
-ބިދޭސީއެއްނަމަ މި އިޢުލާންގައިވާ ލިޔެކިއުންތަކުގެ އިތުރުން މޯލެޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމްގައި ހިމެނިފައިވާ ހުރިހާ ލިޔެކިއުންތައް.
- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.
(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުހާ ނަންބަރު ޖަހާފައެވެ.)