ކުއްޔަށް ދިނުން
ނަންބަރު: (IUL)339-ESMS/339/2019/6
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 22 ޖަނަވަރީ 2019 13:00
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ތޮއްޑޫއިން ވިޔަފާރި ކުރުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމާއި ބެހޭ

            އއ.ތޮއްޑޫ ބަނދަރު ސަރަހައްދުން ގުދަން ހެދުމަށް 1200 އަކަފޫޓްގެ 2 ބިން އަދި ތެޔުގެ ވިޔަފާރިކުރުމަށް

2000 އަކަފޫޓްގެ 1 ބިން ކުއްޔަށް ދޫކުރުމަށްވަނީ ނިންމާފައެވެ.

            ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށައެޅުމަށް

ފުރުޞަތު ހުޅުވާލަމެވެ.

 

 މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ތޮއްޑޫ ކައުންސިލްގެ އިދާރާ

22 ޖަނަވަރީ 2019

އަންގާރަ

13:00

އަންދާސީ ހިސާބު ހުށަހެޅުން

ތޮއްޑޫ ކައުންސިލްގެ އިދާރާ

27 ޖަނަވަރީ 2019

އާދިއްތަ

13:00

މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތުނެތް ވާހަކަ ދެންނެވީމެވެ.

 

މަޢުލޫމާތު ސާފުކުރަން ވަޑައިގަންވާއިރު ތިރީގައި މިދަންނަވާ ތަކެތި ގެންނަވަންވާނެއެވެ.

  • އަމިއްލަ ފަރާތަކުން ވަޑައިގަންނަވާނަމަ މުއްދަތު ހަމަނުވާ އައި.ޑީ.ކާޑް ކޮޕީ.
  • ކުންފުންޏަކުން ވަޑައިގަންނަވާނަމަ އެކުންފުނީގެ ފަރާތުން ސިޓީއަކާއިއެކު ބަދަލުގައި މީހަކު ފޮނުވާކަމުގެ ލިއުން.
13 ޖަނަވަރީ 2019