މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2019/2
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 15:20
ސުންގަޑި: 16 ޖަނަވަރީ 2019 11:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ ސަރަހައްދީ ގޮފީގެ އިމާރާތާއި ގޯތިތެރެއާއި ގޯތިތެރޭގައިވާ ތަކެތި ބެލެހެއްޓުމާއި މިތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންތައްތައް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 ޖަނަވަރީ 2019 ވާ ބުދަ ދުވަހު 11:00އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ އިމާރާތަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 21 ޖަނަވަރީ 2019 ވާ ހޯމަ ދުވަހުގެ 11:00އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ އިމާރާތަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި 11:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ހާޒިރުވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

10 ޖަނަވަރީ 2019