ކުއްޔަށް ހިފުން
ނަންބަރު: GS133/2019/I/001
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 14 ޖަނަވަރީ 2019 13:00
ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
2019 ވަނަ އަހަރު ކަމަދޫ ސްކޫލްގެ ސެކިއުރިޓީ އައުޓްސޯސް ކުރުން

އިޢުލާން

2019 ވަނަ އަހަރު ކަމަދޫ ސްކޫލްގެ ސެކިއުރިޓީ އައުޓްސޯސް ކުރުން.

ސެކިއުރިޓީ ބެލެހެއްޓުމުގެ އުޞޫލުތަކަށް ބަދަލުތަކެއް ގެނެވިފައިވާތީ، ފަހުގެ އުޞޫލާ އެއްގޮތަށްޢަމަލު ކުރުމަށް އެކަމަށް ކުރިމަތިލުމަށް ހުޅުވާލަމެވެ. މި އިޢުލާނާ ގުޅިގެން މިސްކޫލުގެ ސެކިއުރިޓީ އައުޓްސޯސް ކޮށްގެން ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިޢުލާން ނަންބަރު GS133/2018/I/013 އިޢުލާން ބާތިލް ކުރީމެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ޖެނުއަރީ 2019 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 އަށް މި ސްކޫލަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. ޕޮއިންޓް ދެވޭ ގޮތުގެ ތަފުސީލު ބީލަން ތައްޔާރުކޮށް ހުށަހަޅާނެ ގޮތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6600015 ނަންބަރާ ގުޅުއްވުން އެދެމެވެ.

1- މަސައްކަތުގެ އަގަށް                            70 ޕޮއިންޓް

2- ތަޖުރިބާ އަށް                                18 ޕޮއިންޓް

3- ތަމްރީނުލިބިފައިވާ ސެކިޔުރިޓީ އޮފިސަރުން ބޭނުންކުރުމަށް    12 ޕޮއިންޓް

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                                 10 ޖުމާދުލްއައްވަލް 1440

10 ޖަނަވަރީ 2019