ދިވެހިރާއްޖެ
އިޢުލާން
ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
2019ވަނައަހަރު މި ސްކޫލްގެ ސެކިއުރިޓީ ހޯދުމަށް ކުރެވުނު އިޢުލާނާއި އަދި އެއާއިގުޅޭ ލިޔުންތަކުގައި ހިމަނަންޖެހޭ ބައެއް މައުލޫމާތުތައް ހިމެނިފައިނުވާތީ، މި ސްކޫލްގެ ނަމްބަރ GS85/IUL/2018/17 އިޢުލާން ބާތިލުކޮށް 03 ވަނަފަހަރަށް އެ ފުރުސަތު ހުޅުވާލަމެވެ.
މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެެވެ.
މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 10 ޖެނުއަރީ 2019 ން 16 ޖެނުއަރީ 2019 އަށް ބަންދުނޫން ކޮންމެދުވަހަކު 8:00 ން 14:00 ށް ނަންނޯޓް ކުރެއްވުން އެދެމެވެ.
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 ޖެނުއަރީ 2019 ވާ ބުދަ ދުވަހުގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުވަންވާނެއެވެ.
މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން 17 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގައި މި ސްކޫލްގެ ލައިބްރަރީގައި އޮންނާނެއެވެ.
ބިޑްހުޅުވުން 24 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގައި މި ސްކޫލްގެ ލައިބްރަރީގައި އޮންނާނެއެވެ.
މި ޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް މި އިޢުލާނާއިއެކު އެޓޭޗްކުރެވިފާވާނެއެވެ.
ނަންނޯޓު ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފިއްލަދޫ ސްކޫލް/ ހއ. ފިއްލަދޫ،ދިވެހިރާއްޖެ
ފޯން : 6500536
އީމެއިލް :[email protected]
04 ޖުމާދަލްއޫލާ 1440