ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)251-MS/251/2019/2
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 21:27
ސުންގަޑި: 31 ޖަނަވަރީ 2019 00:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދޫ ވޯޓަރ ޕާކްގެ މެއިންޓެނަންސް މަސައްކަތްތަކެއް ކުރުމަށާއި، އެ ސަރަހައްދު ހިތްފަސޭހަ ސަރަހައްދަކަށް ހެދުމަށް ވަގުތީ ގޮތުން އެ ޕާކް ބަންދުކުރުން

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ދިއްދޫ ރައްޔިތުންނަށް ހަދިޔާކުރެއްވި ވޯޓަރ ޕާކަކީ އެތައް ލައްކަ ރުފިޔާއެއްގެ އަގުހުރި ޕާކަކަށްވެފައި، އެ ޕާކް އެ ގޮތުގައި ގިނަ ދުވަހަށް ދެމެހެއްޓުމަށްޓަކައި އެ ޕާކްގެ މެއިންޓެނަންސްގެ މަސައްކަތްތަކެއް ކުރުމަށާއި، އެ ސަރަހައްދުގައި  އުފެދޭ ކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމުކުރުމަށާއި، މޫދަށް އެރެން އެ ސަރަހައްދަށް ދާ ފަރާތްތަކަށް އެކަށީގެންވާ ހިތްފަސޭހަ މާހައުލެއް ޤާއިމުކުރުމުގެ މަސައްކަތް މި ކައުންސިލްގެ ފަރާތުން ކުރުމަށް ބޭނުންވާތީ، މިއަދުން ފެށިގެން 31 ޖަނަވަރީ ގެ ނިޔަލަށް އެ ތަން ވަގުތީ ގޮތުން ބަންދުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

ވީމާ، މި ދެންނެވި މުއްދަތުގެ ތެރޭގައި އެ ތަން ބޭނުންކުރައްވާ އެންމެހާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި މި ކައުންސިލްގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދެމެވެ. އަދި މި ފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން މި ކައުންސިލަށް އަބަދު ވެސް ދެއްވާ އެހީތެރިކަމަށާއި، އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

09 ޖަނަވަރީ 2019