ވަޒީފާގެ ފުރުޞަތު
ނަންބަރު: GS121/IUL/2019/03
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 18:21
ސުންގަޑި: 20 ޖަނަވަރީ 2019 14:00
ރަސްގެތީމް ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

`

ރަސްގެތީމް ސްކޫލް

ރ.ރަސްގެތީމް                                           ނަމްބަރު: GS121/IUL/2019/03

                                                             ތާރީޚު: 09 ޖެނުއަރީ 2019

އިޢުލާން

މިސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ.

މަޤާމް

މަސައްކަތު  

މަޤާމުގެ ގިންތި

ވަގުތީ

މުއްދަތު

03 މަސް ދުވަސް

ބޭނުންވާ ޢަދަދު

01 (އެކެއް)

ރޭންކް

އެސް.އެސް 1

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރައާއި އިނާޔަތްތައް

މުސާރަ: މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

އިތުރު ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

މަޤާމް އޮތް އޮފީސް

ރަސްގެތީމް ސްކޫލް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން / ސެކްޝަން

ރަސްގެތީމް ސްކޫލް / އެޑްމިން ސެކްޝަން

ޝަރުޠު

ލިޔަންކިޔަންދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ސްކޫލުން ހަވާލުކުރެވޭ އެކިއެކި ތަންތަން ކުނިކަހައި ފޮޅާ ސާފުކުރުން.
  • ކުލާސްތައް ކުނިކަހައި ފޮހެ ސާފުކުރުމާއި، ކުލާސްތަކުގެ ޑަސްބިންތައް ދޮވެ ސާފުކުރުން.
  • ކުދިންގެ ފާޚާނާތައް ބެލެހެއްޓުމާއި، ދޮވެސާފުކުރުން.
  • ގޯތިތެރެ ކުނިކެހުމާއި، ފެންޖެހުން އަދި އެކިއެކި ޖަލްސާތަކާއި، މުނާސަބަތު ތަކުގައި ބޭނުންވާ ގޮނޑިޖެހުން.
  • ސްކޫލްގައި ހިންގޭ އެކި ހަރާކާތްތަކުގައި އެހީތެރިވެދިނުން.
  • އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނޭފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  •  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިޒާރެއްނެތްކަމަށް ، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ؛
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި ، ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެއްވޭނެކަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ،
  • ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ފުރިހަމަ ކުރއްވާފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސިވިސް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިނގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  • ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  • އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް  އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް

  • ހާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މ ސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ www.csc.gov.mv ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖެނުއަރީ 20 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ރަސްގެތީމް ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު ކުރުން

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، 2019 ޖެނުއަރީ 21 ން 31 އާއި ދެމެދުގެ ތާރީޚެއްގައި ރަސްގެތީމް ސްކޫލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މަޤާމަށް މީހެއް ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ %25 (ފަންސަވީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580361 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

މިހެންވެ މިކަން އަންގާ އިޢުލާން ކުރީމެވެ.

09 ޖަނަވަރީ 2019