ދިވެހިރާއްޖެ
"އެންވަޔަރަންމަންޓްލީ ސައުންޑް މެނޭޖްމަންޓް އޮފް މުނިސިޕަލް އެންޑް ހަޒާޑަސް ސޮލިޑް ވޭސްޓް ޓު ރެޑިއުސް އެމިޝަން އޮފް އަންއިންޓެންޝަނަލް ޕާސިސްޓަންޓް އޯގެނިކް ޕޮލިއުޓަންޓްސް"މަޝްރޫއުގެ ވަޒީފާއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) ގެ ހިލޭ އެހީގެ ދަށުން، ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް (ޔުނިޑޯ) އާއި ގުޅިގެން ހިންގާ "އެންވަޔަރަންމަންޓްލީ ސައުންޑް މެނޭޖްމަންޓް އޮފް މުނިސިޕަލް އެންޑް ހަޒާޑަސް ސޮލިޑް ވޭސްޓް ޓު ރެޑިއުސް އެމިޝަން އޮފް އަންއިންޓެންޝަނަލް ޕާސިސްޓަންޓް އޯގެނިކް ޕޮލިއުޓަންޓްސް (ޔޫޕޮޕްސް) އެންޑް ޕްލީ ކްލޮރިނޭޓެޑް ބައިފީނަލްސް (ޕީސީބީ) '' މަޝްރޫއަކީ ނުރައްކާތެރި ކެމިކަލްސް އިން ތިމާވެއްޓާއި އިންސާނުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް،ރައްކާތެރި ގޮތުގައި ކެމިކަލްސް އަދި ޕާސިސްޓަންޓް އޯގެނިކް ޕްލިއުޓަންޓްސް (ޕޮޕްސް) މެނޭޖްކުރުމަށް ހިންގާ މަޝްރޫއެކެވެ. އެހެންކަމުން މި މަޝްރޫއު ހިންގުމަށް 5 މަހުގެ މުއްދަތަށް ތިރީގައި މިދަންނަވާ މަގާމަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ މުވައްޒަފަކު ހޯދުމަށް ވަނީ ބޭނުންވެފައެވެ. 1- ޕްރޮޖެކްޓް ކޯޑިނޭޓަރ ވީމާ، މަތީގައި ދަންނަވާފައިވާ މަގާމަށް ޝައުގެވެރިވާ ފަރާތްތަކުން އެކަމަށް އެދި ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.
މަސައްކަތުގެ މުއްދަތު: މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ސޮއި ކުރެވޭނީ 05މަސް ދުވަހަގެ ކޮންޓްރެކްޓެއްގައެވެ.
މި މަގާމަށް ކަނޑައަޅާފައިވާ އުޖޫރަ މި މަމާގަމަށް ހޮވޭ ފަރާތަކަށް މަހު މުސާރައެއްގެ ގޮތުގައި 18000 ދިވެހިރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. ވީމާ، މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ.
ހުށަހަޅަށްޖެހޭ ލިޔުންތައް - ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް) - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ލިބިފައިވާ ތައުލީމާއި ތަޖުރިބާތަކާއި ރެފްރީއިންގެ މައުލޫމާތު ހިމެނޭ) - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ - ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ. - ވަޒީފާ އަދާ ކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތާ ބެހޭ ގޮތުން ދީފައިވާ ލިޔުންތައް.
ސުންގަޑި ޝައުޤުވެރިވާ ފަރާތްތަކުން 20 ޖަނަވަރީ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް: އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައި ތިރީގައި ދަންނަވާފައިވާ އެޑްރަހަށެވެ. ހިއުމަންރިސޯސް ސެކްޝަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ މާފަންނު، ހަނދުވަރީ ހިނގުން
އިތުރު މައުލޫމާތު: މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018329އަށް ގުޅުއްވުން އެދެމެވެ.
09 ޖަނަވަރީ 2019 |