ދިވެހިރާއްޖެ
އިޢުލާން
ނަންބަރ: GS-165/IUL/2019/01
2019 ވަނަ އަހަރަށް ސުކޫލު ފެރީއެއް ހޯދުމާއި ބެހޭ !
މިސުކޫލްގެ އިއުލާން ނަމްބަރ: GS-165/IUL/2018/13 އިއުލާނާ ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް ބިޑް އެވޯޑް ކުރުމަށް ކޮލެފައިނުވުމާއި ގުޅިގެން އިއުލާން ބާތިލްކޮށް އަލުން އިއުލާންކުރަމެވެ.
ވޭތުވެދިޔަ 2018 ވަނަ އަހަރެކޭވެސް އެއްފަދައިން 2019 ވަނަ އަހަރު ވޭވަށުގެ ދަރިވަރުން މ. މުލަކަށް ކިޔަވަން ދިއުމަށްޓަކާ ފެރީއެއް ހޯދަންބޭނުންވެއެވެ.
މި މަސައްކަތަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނޫ (ޤާނޫނޫ ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނޫ (ޤާނޫނޫ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން ދަންނަވަމެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ވޭވަށު ސުކޫލް |
13 ޖެނުއަރީ 2019 |
އާދިއްތަ |
13:00 |
އަންދާސީ ހިސާބު ހުށައެޅުން |
ވޭވަށު ސުކޫލް |
17 ޖެނުއަރީ 2019 |
ބުރާސްފަތި |
13:00 |
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
09 ޖެނުއަރީ 2019
ޙުސެެއިން ޝުޖާޢު
ލީޑިންގ ޓީޗަރ
(ހިންގުމާއި ހަވާލުވެހުރި)