މަސައްކަތް
ނަންބަރު: (IUL)241-B/241/2019/1
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 08:12
ސުންގަޑި: 15 ޖަނަވަރީ 2019 09:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުކައުންސިލްގެ މަގުފާރު ރޭނުމާއި ބެހޭ

                                      ނަންބަރ: (IUL)241-B/241/2019/1

 

             އިއުލާން

 

އަތޮޅުކައުންސިލްގެ މަގުފާރު ރޭނުމާއި ބެހޭ

                    

                     މިއިދާރާގެ މަގުފާރު ރޭނުމާއި ބެހޭގޮތުން މީގެ ކުރިން ކުރެވުނު އިއުލާނާއި ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މަސައްކަތް ހަވާލުކުރަން ހޮވުނު ފަރާތަށް މިމަސައްކަތް ފަށަންޖެހޭ މުއްދަތަށް ނުފެށި ގިނަދުވަސްތަކެއް ފާއިތުވެފައިވާތީ މަސައްކަތާއި ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތައް ބާޠިލްކޮށް އަލުން އިއުލާން ކުރުމަށް އަތޮޅުކައުންސިލްގެ 70 ވަނަ އާންމު ޖަލްސާއިން ނިންމެވުމާއި ގުޅިގެން އަލުން މިމަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ ، މިއިދާރާއިން ދޭ މައުލޫމާތާއި ކުރެހުމާއި އެއްގޮތަށް މިމަސައްކަތް އަމިއްލަ ތަކެތީގައި  ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 13 ޖެނުއަރީ 2019 ވާ އާދީއްތަ  ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު 15 ޖެނުއަރީ 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9.00 އަށް މިއިދާރާއަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

                     ކަނޑައެޅިފައިވާ ގަޑިއަށް މައުލޫމާތު ސާފްކުރަންވަޑައި ނުގަންނަވާ ފަރާތްތަކަށް މައުލޫމާތު ނުދެވޭނެއެވެ. އަދި ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށްވެސް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މަރާމާތުގެ މަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.

              ހުށަހަޅުއްވާ އަގަށް                 60%

              ލިބިފައިވާ ތަޖުރިބާއާއި ފަންނީ ގާބިލްކަމަށް  15%

              ހުށަހަޅާ މުއްދަތަށް                 15%

              މާލީ ތަނަވަސްކަމަށް                10%  

 

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

02 ޖުމާދަލްއައްވަލް  1440

08 ޖެނުއަރީ      2019 

08 ޖަނަވަރީ 2019