ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާންގެ (ނަންބަރު GS126/2018/IL23) މައުލޫމާތު ބަދަލުވުމާއި ގުޅިގެން އެ އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރީމެވެ.މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 ޖެނުއަރީ 2019 ވާ އަންގާރަ ދުވަހުގެ 11:00 ށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށް ފަހު 20 ޖެނުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި " ސެކިއުރިޓީ ބަލަހައްޓައިދިނުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ސިޓީއާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ސިޓީތައް ބާތިލް ކުރެވޭނެ ކަމުގައި ދެންނެވީމެވެ.
އަންދާސީ ހިސާބު ކެނޑުން އޮންނާނީ 20 ޖެނުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 11:00 ގައެވެ. އަންދާސީ ހިސާބު ކެނޑުމަށް އެހެން ފަރާތަކުން ހާޟިރުވެލައްވާ ނަމަ އެކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި މީގެ ކުރިން ސެކިއުރިޓީ ބަލަހައްޓާފައިވާ ފަރާތެއް ކުރިމަތިލާނަމަ، ސެކިއުރިޓީ ބެލެހެއްޓި އޮފީހުގެ ލިޔުން ( ސެކިއުރިޓީ ބެލެހެއްޓި ގޮތުގެ ) ސިޓީއާއި އެކު ހުށަހަޅަން ވާނެއެވެ. އަދި ދަންނަވަމެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.