ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2019/2
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 17 ޖަނަވަރީ 2019 13:30
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

އިޢުލާން

ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

 

    މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ފަރާތުން މިރަށުގައި ހެދުމަށް ހަމަޖެހިފައިވާ އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ޤާއިމްކުރުމުގެ މަޝްރޫއާއި ގުޅިގެން ބަނދަރަށް ފެން ހޮޅި ގެންދާ މަގުގައި ހުރި (އިރުމަތީ ކޮޅު ޓޮޕާޒް ގޯތީގެ ހުޅަނގުން އިންވެގެން އޮތްމަގާއި އެމަގުން ފެށިގެން އައިވަރީހައުސްގެ ހުޅަނގު އިމާހަމައަށް، ތުއްކޮއިހިނގުމުގައި) ހުދުކުލައިގެ ދަވާދުން ނަންބަރުޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)269/269/2018/40 އިޢުލާނާ ގުޅިގެން ސިޓީ ހުށައަޅާފައިވާ ފަރާތައް މަދުކަމަށް ފެނާތީވެ، އިތުރަށް ރުއްގަހުގެ ވެރިފަރާތައް ހޯދުމަށް ބޭނުންވެއެވެ.

    ވީމާ، މި ރުއްގަހުގެ ވެރިފަރާތްތަކުން، މި އިދާރާއިން ޖަހާފައިވާ ނަންބަރާއި، ވެރިފަރާތުގެ ނަމާއި އެޑްރެސް އަދި ރުއްގަހުގެ ފެންވަރު (ފޯދުނު،ނުފޯދޭ،މޮޅު،ދެރަ،ބޮޑު،ކުޑަ) ބަޔާންކުރައްވާ، 2019 ޖަނަވަރީ 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިތާރީޚުގެ ކުރިން ހުށަނާޅުއްވައިފިނަމަ އެއީ ރައްޔިތު ތަކެތި ކަމުގައި ބަލާ ނައްތާލެވޭނެ ވަހަކަ ދަންނަވަމެވެ.

    މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޖަނަވަރީ 2019