ދިވެހިރާއްޖެ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް ވަޒީފާއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ ސާފު ރާއްޖެ – މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލެވިފައިވާ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)ގެ ޕްރޮޖެކްޓް ކޯޑިނޭޓަރގެ މަޤާމަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ މުވައްޒަފެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.
ވީމާ، މަތީގައިވާ މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ސިޓީއަކުން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ހުށަހަޅަން ޖެހޭ ލިއެކިއުންތައް:
ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށް ހޮވޭފަރާތްތަކުން މަސައްކަތްކުރަންޖެހޭނީ މަތީގައި ދަންނަވާފައިވާ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައެވެ. އެހެންކަމުން ވަޒީފާއަށް ހޮވޭ ފަރާތްތަކުން ގިނަވަގުތު މަސައްކަތް ކުރުމާއި މަޝްރޫޢުގެ ރަށްތަކަށް ދަތުރުތައްކުރުމުގެ ޤާބިލްކަންހުންނަން ޖެހޭނެއެވެ. ވަޒީފާއަށް ހޮވޭ ފަރާތްތަކުން މަޝްރޫޢުގެ މަޤްޞަދުތައް ޙާޞިލް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ އަދި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުމުގެ ޤާބިލްކަން ހުންނަންޖެހޭނެއެވެ.
މި މަޤާމަށް ކަނޑައަޅާފައިވާ އުޖޫރަ ތިރީގައިވާ ތާވަލުގައި އެވަނީ މިމަޤާމަށް ކަނޑައެޅިފައިވާ މަހު މުސާރައެވެ. މިމުސާރައިގެ އިތުރުން، ވަކި ޤާނޫނަކުން ލާޒިމުކުރާ ޢިނާޔަތެއްފިޔަވާ އިތުރު އެހެން އެއްވެސް ޢިނާޔަތެއް ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.
ސުންގަޑި މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖަނަވަރީ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް: މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ ފޯނު ނަންބަރު: 3018300
އިތުރު މަޢުލޫމާތު: މިމަޤާމުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރ) މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018300 އަށް ގުޅުންވުން އެދެމެވެ.
08 ޖަނަވަރީ 2019 |