ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ އަތޮޅު ތަޢުލީމީ މަރުކަޒު
އދ. މަހިބަދޫ
ދިވެހިރާއްޖެ. ނަމްބަރު: (IUL)GS-10/INDIV/2019/3
އިޢުލާން
ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން
މިމަރުކަޒުގެ އިއުލާން ނަންބަރ (IUL)GS-10/INDIV/2018/22 އަށް މަޢުލޫމާތު ސާފުކޮށް ބިޑް ހުށައެޅި ފަރާތްތަކުން ހުށައެޅުއްވި ބިޑް ތަކަކީ މިނިސްޓްރީގެ ކުރީގެ އުސޫލް ކަމަށްވާތީ، އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރާ ވާހަކަ ދަންނަވަމެވެ.
01 ފެބުރުވަރީ 2019 އިން ފެށިގެން 31 ޑިސެންބަރު 2019 އަށް މިމަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ، ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޖަނަވަރީ 17 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ޖަނަވަރީ 21 ވާ ހޯމަ ދުވަހުގެ 13:00 އަށް މި މަރުކަޒަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވެރިފާރާތުގެ ބަދަލުގައި ދުރުވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއާއި އައި.ޑީ. ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބާއި މަޢުލޫމާތު ސާފުނުކުރައްވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި ސްކޫލްގެ 6680024 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
02 ޖުމާދުލްއޫލާ 1440
08 ޖަނަވަރީ 2019