ދިވެހިރާއްޖެ
މި ކޯޓުގެ ޑިރެކްޓަރ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު (IUL)197-A1/1/2018/20 (05 ނޮވެންބަރު 2018) އިޢުލާނު ބާޠިލްކޮށް އަލުން މިމަޤާމަށް އިޢުލާނު ކުރަމެވެ.
| 
 ވަޒީފާގެ ފުރުޞަތު  | 
|
| 
 މަޤާމް  | 
 ޑިރެކްޓަރ  | 
| 
 ރޭންކް  | 
 EX 1  | 
| 
 ޢަދަދު  | 
 01  | 
| 
 މަސައްކަތްކުރަންޖެހޭ ތަން  | 
 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު  | 
| 
 އަސާސީ މުސާރަ  | 
 -/8835 ރުފިޔާ (އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ)  | 
| 
 މި މަޤާމަށް ލިބޭ އެލަވަންސް  | 
 މުސާރައިގެ އިތުރުން ސަރވިސް އެލަވަންސް -/2000ރ (ދެހާސް ރުފިޔާ)، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50، ލިވިންގ އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ) އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް.  | 
| 
 އަސާސީ ޝަރުޠު  | 
 1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން މާސްޓަރ ޑިގްރީއެއް ޙާޞިލްކޮށްފައިވުން. ނުވަތަ، 2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، އެމް.އެސް 4 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު  | 
 މި ކޯޓުގެ އައި.ޓީ ޔުނިޓުގެ އެންމެހާ މަސައްކަތްތައް ޤަވާޢިދާއި އެއްގޮތަށް ހިންގާ ބެލެހެއްޓުމުގެ ގޮތުން އައި.ޓީ ޔުނިޓުގެ މަސައްކަތްކުރާ މުވައްޒަފުންނާ ޙަވާލުކޮށް މަސައްކަތް ކުރިއަށްދާގޮތް މޮނިޓަރކޮށް ބެލެހެއްޓުން.  | 
| 
 ހުށަހަޅަންޖެހޭ ތަކެތި  | 
 1- ފުރިހަމަކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް. 2- ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު. 3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. 5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައިވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)  | 
| 
 ސުންގަނޑި  | 
 މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2019 ޖަނަވަރީ 16 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.  | 
| 
 މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް  | 
 އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި ފަންނީ އަދި އިދާރީ މުވައްޒަފުން ގޮވައިގެން މަސައްކަތްކޮށް ނަތީޖާ ނެރެދީފައިވާ، މާލިއްޔަތު ޤާވާއިދާއި ދަޢުލަތުގެ ޕްރޮކިއުމަންޓް ނިޒާމަށް އަހުލުވެރި، CCNA CCNP CISSP ފަދަ މަޤާމުގެ މަސައްކަތާ ގުޅުންހުރި ފަންނީ ސަނަދުތައް ޙާޞިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  | 
| 
 އިތުރު މަޢުލޫމާތު  | 
 1- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. 2- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް އަސްލާ އެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ. 3- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ. 4- މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމް މި ކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މި ކޯޓުގެ ވެބްސައިޓްގެ އެޑްރެހަކީ www.supremecourt.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މި ކޯޓުގެ ކައުންޓަރުން ފޯމު ލިބެންހުންނާނެއެވެ.  |