ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)1-LAO/PRIV/2019/1
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 17:20
ސުންގަޑި: 22 ޖަނަވަރީ 2019 14:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ސިޔާސީ ސަބަބުތަކަށްޓަކައި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އަޅައިފައިވާ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

ސިޔާސީ ހައްޔަރީންގެ މައްސަލަތައް ބަލައި، ނުޙައްޤުން ބަންދުކޮށްފައިވާ ފަރާތްތައް މިނިވަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެގޮތުން، އެކަމަށް ޚާއްޞަ ކޮމިޓީއެއް އުފައްދަވައި، އެ މަނިކުފާނު މަޤާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ވަނީ އެ މަސައްކަތްޕުޅު ފަށްޓަވައިފައެވެ. 

އެގޮތުން، 1 ފެބުރުވަރީ 2012 ގެ ފަހުން، ސިޔާސީ މަޤުޞަދެއް ހާސިލުކުރުމަށްޓަކައި ބަންދުކޮށް، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެކިއެކި ފިޔަވަޅު އަޅައިފައިވާ  ފަރާތްތަކާއި،  އެކިއެކި  ޙުކުމްތައް ކޮށް، އެ ޙުކުމްތައް ތަންފީޛު ކުރަންމުންދާ  ފަރާތްތަކުން  ޝަކުވާ  ހުށަހެޅުމުގެ  ފުރުޞަތު،  މި އޮފީހުގެ IUL)1-LAO/1/2018/57) ނަންބަރުގެ އިޢުލާނުން، 6 ޑިސެންބަރު 2018 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް ހުޅުވައިލައިފައިވީނަމަވެސް، މި މުއްދަތު އިތުރުކޮށްދިނުމަށް ގިނަ ބަޔަކު ދަނީ އެދެމުންނެވެ. 

ވީމާ، ސިޔާސީ ސަބަބުތަކަށްޓަކައި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އަޅައިފައިވާ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު، މި މަހުގެ 22 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފީމެވެ.

30 ރަބީޢުލްއާޚިރު 1440

06 ޖަނަވަރީ 2019