ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-B3/30/2019/2
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 16:23
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ސަރުކާރުގެ 100 ދުވަހުގެ ވަޢުދުގެ ގޮތުގައި ހިމެނޭ ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަ މަސް)ގެ މަސްވެރިކަން ދިވެހިރާއްޖެއަށް ތަޢާރަފު ކުރުން

ދިވެހިރާއްޖޭގެ ކަނޑުގެ މުއްސަނދިކަން އެންމެ ފުރިހަމަގޮތުގައި ބޭނުން ކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ މާކަނޑުގެ ފުން ސަރަޙައްދުގައި ދިރިއުޅޭ (ޑައިމަންޑް ބެކް ސްކުއިޑް) ތުތިބޯވަދިލަ މަހުގެ މަސްވެރިކަން އާލާ ކުރުމުގެ ގޮތުން ދިގު މުއްދަތުގައި އަގު އަދާ ކުރާ ގޮތަށް އެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތް ފޯރުކޮށް ދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމް އާންމުކޮށް ހުޅުވާލީމެވެ.

މިތަކެތި ބަލަން ބޭނުންވާ ފަރާތް ތަކަށް ހުޅުމާލޭ އިންޑަސްޓްރިއަލް އޭރިޔާގައި ހުންނަ މި މިނިސްޓްރީގެ ފެޑް ސެންޓަރުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 12:00 އަށް ފެންނަން ހުންނާނެ ވާހަކަ ދެންނެވީމެވެ.

ތުތިބޯވަދިލަ މަހުގެ މަސްވެރިކަން ކުރުމަށް ބޭނުން ކުރާ އާލާތް ދިގު މުއްދަތުގައި އަގު އަދާކުރާ ގޮތަށް އެދި ހުށަހަޅާ ފޯމާއި، ތުތި ބޯވަދިލަ މަހުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތް ދިގުމުއްދަތުގައި އަގު އަދާ ކުރާގޮތަށް ދޫކުރުމުގެ އުޞޫލު، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ރިސެޕްޝަނުންނާއި މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.

މިތަކެއްޗަށް އެދި ހުށަހަޅުމުގެ ފުރުސަތު މި ޖަނަވަރީ މަހުގެ 31 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމާއި ހަމަޔަށް ހުޅުވިފައިވާ ކަމުގައި ދަންނަވަމެވެ.

06 ޖަނަވަރީ 2019