ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)302-E/302/2019/2
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 15 ޖަނަވަރީ 2019 13:30
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ވޭޖު)

މަޤާމް:               

މަސައްކަތު

މަޤާމް ނަންބަރު:

-

ބޭނުންވާ ޢަދަދު:

 1 (އެކެއް)

މަޤާމްގެ ގިންތި:

ވޭޖް އެމްޕްލޯއީމަންޓް

ރޭންކް:              

އެސް އެސް 1

މަޤާމްގެ ކުލެސިފިކޭޝަން: 

ސަޕޯޓް ސްޓާފް ގްރޭޑް 1

ސެކްޝަން / ޔުނިޓް:

އިކޮނޮމިކް، ޑިވޮލޮޕްމަންޓް އެންޑް ސޯޝަލްސަރވިސް

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު މިސްކިތް

މުސާރަ:           

މަސައްކަތްކުރާ ގަޑިއަކަށް -/45 ރުފިޔާ (ދުވާލަކު 5 ގަޑިއަށްވުރެ އިތުރުނުވާވަރަށް)

ސަރވިސް އެލަވަންސް:     

-

އިތުރު އިނާޔަތް:

-

ބޭނުންވާ މުއްދަތު:

01 (އެކެއް) އަހަރަށް

މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު:

  • މަސައްކަތްކުރުމަށް ޙަވާލުކުރެވޭ މިސްކިތާއި، މިސްކިތުގެ ގޯތިތެރޭގައިވާ ފާޚާނާއާއި، ވުޟޫކުރާ އިސްކުރުބަރި ސާފުކޮށް ބެލެހެއްޓުން.
  • މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި ގުޅިފައިވާ މަގުތައް ކުނިކަހާ، ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން.
  • ކޮންމެ ނަމާދުވަގުތެއްޖެހުމުގެ ލަސްވެގެން 15 މިނިޓްކުރިން މިސްކިތަށްޙާޟިރުވެ ނަމާދުގެ ޖަމާޢަތަށް މިސްކިތް ތައްޔާރުކުރުން.
  • މިސްކިތުގެ ވަޅު ހަޑިވިޔަނުދީ ދިޔަހިއްކާ ސާފުކޮށް ބެލެހެއްޓުން.
  • މިސްކިތުގެ ފުރާޅާއި ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން.
  • މިސްކިތުގެ ގޯތިތެރޭގައިހުންނަ ރުއްގަސް ކޮށާ ސާފުކޮށް ބެލެހެއްޓުން.
  • މިސްކިތުގެ ގޯތިތެރެ ޒީނަތްތެރިކޮށް ބަގީޗާ އިންދާ ފެންދީ ހައްދާ ބެލެހެއްޓުން.

މަގާމުގެ ޝަރުތުތައް:

 

ލިޔަންކިޔަން އެނގުމާއިއެކު، މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • ގިނަވަގުތު ހީވާގިކަމާއިއެކު މަސައްކަތުގައި އުޅެވުން.
  • ޞީއްޙީ ދުޅަހެޔޮކަން.
  • ތަޖްރިބާއާއި ހުނަރުވެރިކަން.
  • ތަޢުލީމާއި ތަމްރީން.  

ހުށަހަޅަންޖެހޭ ލިޔުންތައް:

މިމަގާމްއަށްއެދޭ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ހުޅުދުއްފާރު ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ.

  1. ފުރިހަމަކޮށްފައިވާ ސިވިލްސާރވިސްގެ ވަޒީފާއަށް އެދޭ ފޯމް
  2. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެކޮޕީ       
  3. ވަޒީފާ އެއްއަދާކުރައްވާފައިވާނަމަ، ނުވަތަ ވަޒީފާއެއްގައި އުޅުއްވާ ބޭފުޅެއްނަމަ އަދާކުރެއްވި ނުވަތަ އަދާކުރައްވާ ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ      
  5.  ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު
  6.  ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • އެޕްލިކޭޝަން ފޯމް ކައުންސިލް އިދާރާއިން ލިބެންހުންނާނެއެވެ. މީގެއިތުރުން ސިވިލް ސަރވިސް ކޮމިޝަސްންގެ ވެބްސައިޓް www.csc.gov.mv  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  • މަޤާމަށްއެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 15 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށެވެ.
  • ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
  • އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ބާއްވާ ތާރީޚާއި ގަޑި ވަޒީފާއަށް ކުރިމަތިލެއްވި ފަރާތަށް ދެންނެވޭނެއެވެ. އިންޓަރވިއު އޮންނާއީ މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާގައެވެ.

ޝޯޓްލިސްޓުކުރުން:

މިވަޒީފާއަށްއެދި ހުށަހަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ފެންވަރާއި ތަޖުރިބާއަށްބަލައި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެތެރެއިން އެންމެ މަތިން މާރކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

25 އިންސައްތަ

އިތުރު މަޢުލޫމާތު ހޯދުން:

މިއިޢުލާނާއިގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށް ދުރުވެ ނުވަތަ ހުޅުދުއްފާރު ކައުންސިލް އިދާރާގެ ނަންބަރު 6580069  ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

           

30 ރަބީޢުލްއާޚިރު 1440

06 ޖަނަވަރީ 2019