ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS-01/2019/01
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 15 ޖަނަވަރީ 2019 13:00
ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތު (ދާއިމީ)

ވަޒީފާގެ ފުރުސަތު 

ތާރީޙް: 06 ޖަނަވަރީ 2019                               ނަންބަރ:(IUL)GS-01/2019/01

މަޤާމް :

މަސައްކަތު

މަޤާމުގެ ނަންބަރ :

J-127456

ބޭނުންވާ ޢަދަދު :

01

މަޤާމުގެ ގިންތި : 

ދާއިމީ

މަޤާމުގެ ރޭންކް :

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން :

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން :

ބ.އަތޮޅު ތައުލީމީ މަރުކަޒު / ބ.އޭދަފުށި

މުސާރަ :

3100.00ރުފިޔާ ( މަހަކު )

ސަރވިސް އެލަވަންސް :

1000.00ރުފިޔާ ( މަހަކު )

އެހެނިހެން އެލަވަންސް :

ސަޕޯޓިންގ ކޯ އެލަވަންސް 1 :1200.00 ރުފިޔާ ( މަހަކު )

އިތުރު ޢިނާޔަތްތައް :

1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް :    

 

 

 

  1. ސްކޫލްގެ ގޯތިތެރެއާއި ސްކޫލްގެ ވަށައިގެންވާ މަގުތައް ކުނިކަހާ، ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން.
  2. ޙަވާލުކުރެވިފައިވާ ކްލާސްރޫމްތަކާއި އޮފީސް ، ސްޓާފްރޫމް ، ސުޕަރވައިޒަރ ރޫމް ، އައި.ޓީ ރޫމް ، ލައިބްރަރީ، ސައެންސް ލެބް އަދި އޭ.ވީ ރޫމް ކޮންމެ ދުވަހަކު ސެޝަން ނިމުމުން ފޮޅާ ސާފުކޮށް މޮޕްޖަހާ ސާފުކުރުން. އަދި ހަފްތާއަކު އެއްފަހަރު ޙަވާލުކުރެވިފައިވާ ތަންރަނުގެ ދޮރާއި ދޮރުފަތްތަކާއި ފަންކާތައް ސާފުކޮށް ބެލެހެއްޓުން.
  3. ކޮންމެ ދުވަހަކު ސެޝަން ތެރޭގައި ކުދިންގެ ފާޚާނާ ތައް ސާފުކޮށް ބެލެހެއްޓުމާއި އެކު ފާޚާނާއަށް އަންނަ ކުޑަކުދިންނާއި އެހީތެރިވުން އަދި ސެޝަން ނިމުމުން ފާޚާނާތައް ރަނގަޅަށް ސާފުކުރުން.
  4. ސްކޫލްގެ ގޯތިތެރޭގައިތިބި ހިޔާދޭ ބޮޑެތި ގަސްތައް ކޮށާ ސާފުކޮށް ބެލެހެއްޓުން އަދި ޢިމާރާތްތަކުގެ ދިޔަދޮވިތައް ކޮންމެ މަހަކު 1 ފަހަރު ސާފުކުރުމާއިއެކު ސްކޫލްގައި ބެހެއްޓިފައި ހުންނަ ބޯފެންތާނގީތައް ސާފުކޮށް ބަލަހައްޓައި ވާރޭވެހޭއިރު ދިޔަދޮވިތައް ސާފުކޮށް ތާނގީތަކަށް ސާފު ވާރޭފެން ނެގުމުގެ މަސައްކަތްތައް ކުރުން.  
  5. ކުނިނަގާ މީހުންނަށް ދަތިނުވާނޭހެން ގޯތިތެރެއިން ނަގާ ކުނި އެއްތަނަކަށް ޖަމާކޮށް، ގޯތިތެރެ ހަޑިނުވާނޭ ގޮތަށް ބެލެހެއްޓުމާއިއެކު ކްލާސްރޫމް ތަކުގެ ކުނިވަށިގަނޑުތައް ކޮންމެ ދުވަހަކު އިންޓަވަލްގަޑީގައި ހުސްކުރުން.އަދި ސެޝަން ނިމުމުން ހުރިހާ ޑަސްބިންތައް ހުސްކޮށް ކުނި ބަހައްޓާ ސަރަޙައްދަށް ޖަމާކުރުން.
  6. ސްކޫލްގައި ބާއްވާ އެކިއެކި ޖަލްސާ ތަކަށާއި، ހިންގާ އެކިއެކި ޙަރަކާތްތަކަށް ތައްޔާރު ކުރަންޖެހޭ ހޯލުފަދަ ތަންތަން (މެނޭޖްމަންޓުން އަންގާ ގޮތެއްގެ މަތިން) ތައްޔާރުކުރުން. އަދި ސްކޫލްގެ ދިރާސީއަހަރު ފެށެންވާއިރަށް ސްކޫލް ތައްޔާރުކުރުމުގެ ގޮތުން ޙަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރި ކަމާއި އެކު ވަގުތަށް ނިންމުން.
  7. ސްކޫލްގެ ޢިމާރާތަށް ނުވަތަ އެއްޗަކަށް އެއްވެސް މީހަކު ގެއްލުމެއް ދޭތަން  ފެނިއްޖެނަމަ ވަގުތުން ސްކޫލްގެ އިސްވެރިންނަށް އެކަން އެންގުން.

 

މަޤާމުގެ ޝަރުޠުތައް :

  1. ލިޔަންކިޔަން އެގުން.

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް :

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލް ސަރވިސްގެ ކޮމިޝަނުގެ ވެބްސައިޓުން(www.csc.gov.mv) އަދި  ހިތަދޫ ސްކޫލް އޮފީހުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ :

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް :

 

  1. ތަޢުލީމަށް ލިބިފައިވާ މިންވަރު
  2. ތަމްރީނަށް ލިބިފައިވާ މިންވަރު
  3. ވަޒީފާއާގުޅޭ މަސައްކަތުގެ ތަޖުރިބާއަށް ލިބިފައިވާ މިންވަރު
  4. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް ބެލުމަށް އިންޓަރވިއު ކޮށްގެން.
  5. މެރިޓް އުސޫލުން އެންމެ މަތީ މަރކްސް ލިބޭ ފަރާތް

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި :

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ބ.އަތޮޅު ތައުލީމީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު ( އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން ) އޮންނާނެ ތަނާއި، މުއްދަތު :

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 16 ޖަނަވަރީ 2019 ވަނަ ދުވަހު ބ.އަތޮޅު ތައުލީމީ މަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓް ކުރުން :

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޢަދަދު  10 އަށް ވުރެ ގިނަނަމަ  10  ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

35%

އިތުރު މަޢުލޫމާތު ހޯދުން :

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6608508 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

29 ރަބިޢުލްއާޙިރު  1440

06 ޖަނަވަރީ 2019

06 ޖަނަވަރީ 2019