ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESMPL/416/2019/2
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 09:48
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލީ ބަނދަރު ބޭނުން ކުރުމާއި ބެހޭ

މަޑަވެލީ ބަނދަރު ބޭނުން ކުރުމާއި ބެހޭ

ގދ. މަޑަވެލި އޮޑިދޯނި ފަހަރު ބިތަށް އެޅުމުގެ ސަބަބުން ބަނދަރުގެ ޖާގަ ގެއްލި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ އުނދަގޫ ފޯރަމުންދާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުން ދެއެވެ.

ވީމާ، 10 ޖެނުއަރީ 2019 އިން ފެށިގެން މީހުންނާއި، މުދާއަރުވައި ބޭލުން ފަދަ ކަމަކަށް ނޫން ހާލަތެއްގައި ބިތަށް އުޅަނދެއް އަޅާފައި ބޭއްވުމަކީ މަނާކަމެއް ކަމުގައި ދެންނެވީމެވެ. މިއެންގުމަށް ޢަމަލު ނުކުރާ ފަރާތްތަކާއި މެދު  ބަނދަރު ބޭނުންކުރުމާއި ގުޅިގެން ހަދާފައިވާ ޤަވާއިދުގެ މަތީން ފިޔަވަޅުއަޅައި ޖުރުމައިނާ ކުރާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޖަނަވަރީ 2019