ދިވެހިރާއްޖެ
އިޢުލާން
ނީލަމާއިބެހޭ މަޢުލޫމާތު
މިއިދާރާގެ ބެލުމުގެދަށުގައިހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 07 ޖެނުއަރީ 2019 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގައި ހެލްތް ސަޕްލައިޒް(ހުސްނުހީނާ މަގު / ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއާއި ޖެހިގެން) ގައެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.
|
ކޯޑް |
މުދާ |
ރޭޓް |
އަދަދު |
ނީލަންކިޔަން ފެށޭނެ އަގު |
ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު |
|
F001 |
ފައިލިންގ ކެބިނެޓް |
150 ރުފިޔާ |
04 |
600 ރުފިޔާ |
7 ރުފިޔާ |
|
F002 |
ފައިލް ރެކް |
189 ރުފިޔާ |
09 |
1701 ރުފިޔާ |
9 ރުފިޔާ |
|
F003 |
ކޮމްޕިއުޓާރ ރެކް |
129.5 ރުފިޔާ |
06 |
777 ރުފިޔާ |
6 ރުފިޔާ |
|
F004 |
ކުޑަ ކަބަޑު (މޯބައިލް ޕެޑެސްޓަލް) |
94.5 ރުފިޔާ |
09 |
850 ރުފިޔާ |
4 ރުފިޔާ |
|
F005 |
ޕްލާސްޓިކް ގޮނޑި |
20 ރުފިޔާ |
15 |
300 ރުފިޔާ |
1 ރުފިޔާ |
|
F006 |
އޮފީސް ގޮނޑި |
95 ރުފިޔާ |
15 |
1425 ރުފިޔާ |
4 ރުފިޔާ |
|
F007 |
މޭޒު |
129.9 ރުފިޔާ |
15 |
1948 ރުފިޔާ |
6 ރުފިޔާ |
ނީލަންކިޔުމުގެ އުސޫލު
v ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
v ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
v ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.
v ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.
v ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މި މިނިސްޓްރީއަށް ދައްކައި ޚަލާޞްކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނުކުރެވޭނެއެވެ.