މުބާރާތް
ނަންބަރު: MBA/IUL/2019/06
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 02:24
ސުންގަޑި:
14 ޖަނަވަރީ 2019 00:00
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެމް.ބީ.އޭ 3x3 ޓޯނަމަންޓް 2019 – (ސީނިއަރ މެންސް/ސީނިއަރ ވިމެންސް)
މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 17 ޖެނުއަރީ 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމް.ބީ.އޭ 3x3 ޓޯނަމަންޓް 2019 – (ސީނިއަރ މެންސް/ސީނިއަރ ވިމެންސް)ގެ އަންހެން އަދި ފިރިހެން ކެޓަގަރީގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކުން މުބާރާތުގެ ޓީމްލިސްޓް ފޯމް ފުރިހަމަކޮށް މުބާރާތުގެ ފީ (-/250ރ) އާއެކު 13 ޖެނުއަރީ 2019 ވާ އަދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަންއަށް ހުށަހެޅުއްވުން އެދެމެވެ.
މުބާރާތު މުހިންމު ބައެއް ޤަވާއިދުތައް.
- މުބާރާތުގެ ބައިވެރިވުމުގެ ފީ -/250 ރުފިޔާ.
- ފިރިހެން ކެޓަގަރީ –1 ވަނަ ޑިވިޝަން ކުޅުންތެރިން ޓީމެއްގައި ގިނަވެގެން ހިމެނޭނީ 2 ކުޅުންތެރިން.
- އަންހެން ކެޓަގަރީ – ހުރިހާ ކުޅުންތެރިންނައް ހުޅުވާލެވިފައި.
- މުބާރާތުގައި ބައިވެރިވެވޭނީ ދިވެހިންނައް އެކެނި.
- މުބާރާތުގެ ކޮންމެ ކެޓަގަރީއެއްގެސް ޗެމްޕިއަން ޓީމަށް -/5000ރ ގެ އިނާމް ފައިސާ
- ޓީމްތަކުގައި ހިމަނާ ކުޅުންތެރިން ވާންވާނީ 3x3 ޕްލެނެޓްގައި (https://play.fiba3x3.com) ރެޖިސްޓަރ ކުރެވިފައިވާ ކުޅުންތެރިންނަށް ވުން.
ނޯޓް: މިމުބާރާތުގެ ޤަވާއިދާއި އިތުރު މަޢުލާމާތު މިއެސޯސިއޭޝަނުން ލިބިވަޑައިގަންނަވާނެވާހަކަ ދެންނެވީމެވެ.
03 ޖަނަވަރީ 2019