މަސައްކަތް
ނަންބަރު: (IUL)339-ESMS/339/2019/1
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 14 ޖަނަވަރީ 2019 10:00
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ތޮއްޑޫގައި އުފެދޭކުނި ކުނިގޮނޑަށް ޖަމާކޮށް، ރައްކާތެރިގޮތުގައި ނައްތާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އއ.ތޮއްޑޫގައި އުފެދޭކުނި ކުނިގޮނޑަށް ޖަމާކޮށް، ރައްކާތެރިގޮތުގައި ނައްތާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

              އއ.ތޮއްޑޫގައި އުފެދޭކުނި  ކުނިގޮނޑަށް ޖަމާކޮށް، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރެވުނު ނަންބަރު:(IUL)339/339/2018/39 އިޢުލާނާއި، ގުޅިގެން ހުށައަޅާފައިވާ އަގުތައް ބޮޑުކަމަށްފެންނާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތްތަކާގުޅޭ މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށައެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިއިދާރާއަށް ވަޑައިގެން ދެއްވުންއެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ތޮއްޑޫ ކައުންސިލްގެ އިދާރާ

14 ޖަނަވަރީ 2019

ހޯމަ

10:00

އަންދާސީ ހިސާބު ހުށަހެޅުން

ތޮއްޑޫ ކައުންސިލްގެ އިދާރާ

16 ޖަނަވަރީ 2019

ބުދަ

10:00

  • މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކާއި، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތުނެތް ވާހަކަ ދެންނެވީމެވެ.

 

މަޢުލޫމާތު ސާފުކުރަން ވަޑައިގަންވާއިރު ތިރީގައި މިދަންނަވާ ތަކެތި ގެންނަވަންވާނެއެވެ.

 އަމިއްލަ ފަރާތަކުން ވަޑައިގަންނަވާނަމަ މުއްދަތު ހަމަނުވާ އައި.ޑީ.ކާޑް ކޮޕީ.

ކުންފުންޏަކުން ވަޑައިގަންނަވާނަމަ އެކުންފުނީގެ ފަރާތުން ސިޓީއަކާއި އެކު ބަދަލުގައި މީހަކުފޮނުވާކަމުގެ ލިއުން.

03 ޖަނަވަރީ 2019