މަސައްކަތް
ނަންބަރު: (IUL)264/PRIV/2019/1
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 14 ޖަނަވަރީ 2019 11:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަޙައްދު ކުނިކަހާ ސާފްކޮށް ބެލެހެއްޓުމާއިބެހޭ

މިރަށުގެ އިޖުތިމާއީ ސަރަހައްދުތަކާއި، މަގުތައް ކޮންޓްރެކްޓް އުސޫލުން ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިފަދަ ފަރާތްތަކުން މަޢުލޫމާތު ސާފްކޮށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޤާނޫނު ނަމްބަރު 2014/18، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު 2014/19، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

        ވީމާ، މިމަސައްކަތަށް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް މައުލޫމާތު ސާފުކުރައްވާ، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ވަޑައިގަންނަވާއިރު، އައިޑީ ކާޑް ހިއްޕަވައިގެ ވަޑައިގަތުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުން

އަންދާސީހިސާބު ހުށަހެޅުން

14 ޖެނުއަރީ 2019 (ހޯމަ)

(ހެނދުނު) 11:00

20 ޖެނުއަރީ 2019 (އާދިއްތަ)

(ހެނދުނު) 11:00

    މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ކުންފުންޏެއްގެ ފަރާތުން މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތެއްނަމަ އެކަން އެނގޭނެ ކުންފުނީގެ ލިޔުމެއް ގެންނަވަންޖެހޭނެއެވެ. އަދި އަމިއްލަފަރުދުންގެ ވިޔަފާރީގެ ވެރިފަރާތްނޫން ފަރާތެއް މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ލިޔުމެއް ގެންނަންޖެހޭނެއެވެ. އެނޫން ފަރާތްތަކަށް މައުލޫމާތު ސާފުކުރުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

        މިކަމާއި ގުޅޭ ގޮތުން އިތުރުމަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، ރަސްމީ ގަޑީގައި މިކައުންސިލްގެ ނަމްބަރ: 6520043 ފޯނަށް ގުޅުއްވުން އެދެމެވެ.

03 ޖަނަވަރީ 2019