ކުއްޔަށް ދިނުން
ނަންބަރު: (IUL)269/269/2019/1
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 16 ޖަނަވަރީ 2019 11:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި އުޞޫލް ދަނޑުވެރިކަން ކުރުމަށް ދިގުމުއްދަތަކަށް ބިން ކުއްޔަށްދިނުމާބެހޭ

 

ވިޔަފާރި އުޞޫލް ދަނޑުވެރިކަން ކުރުމަށް ދިގުމުއްދަތަކަށް ބިން ކުއްޔަށްދިނުމާ ބެހޭގޮތުން މިއިދާރާއިން ކޮށްފައިވާ ނަންބަރ: (IUL)269/269/2018/34 އިޢުލާނާ ގުޅިގެން، ތިން ފަރާތަށްވުރެ މަދުން ކުރިމަތިލާފައިވާތީ، އެ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އެ ފުރުޞަތު ހުޅުވާލަމެވެ. ކުއްޔަށް ދޫކުރާ އެންމެ ކުޑަ އަގަކީ ބިމުގެ އަކަފޫޓެއް މަހަކު 04/- (ހަތަރެއް ލާރި) އެވެ.

ވީމާ، ދަނޑުވެރިކަން ކުރުމަށް ވިޔަފާރި އުޞޫލުން ބިންދޫކުރާ އުޞޫލުގެ ދަށުން ދަނޑުތައް ކުއްޔަށް ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކުން، މިކަމަށްޓަކައި މިއިދާރާއިން ތައްޔާރުކޮށް، ވިއްކުމަށް ހަމަޖެހިފައިވާ ''ވިޔަފާރި އުޞޫލުން ދަނޑުވެރިކަން ކުރުމަށް ދިގުމުއްދަތަކަށް ދޫކުރެވޭ ބިމަށްއެދޭފޯމް'' ފުރިހަމަ ކުރެއްވުމަށްފަހު، 16 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ 11:00 އަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމެއްގެ އަގަކީ -/50ރ (ފަންސާސް ރުފިޔާ) އެވެ. ބިން ކުއްޔަށް ނެންގެވުމަށް ހުށަހަޅުއްވަނީ ކުންފުންޏަކުން ކަމުގައި ވާނަމަ، ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ އަދި އަމިއްލަ ފަރާތަކުންނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ރަޖިސްޓްރީގެ ކޮޕީއާއި އައިޑީ ކާޑުގެ ކޮޕީ އަދި ކުރެވޭ މަސައްކަތްތަކުގެ ދާއިރާތައް އަންގައިދޭ ލިޔުން ހުށަހަޅަން ވާނެއެވެ.

ވިޔަފާރި އުޞޫލުން ދަނޑުވެރިކަން ކުރުމަށް ދިގުމުއްދަތަކަށް ދޫކުރެވޭ ބިމަށްއެދޭ ފޯމާއި އެކަމާގުޅޭ އުޞޫލާއި ގުޅުންހުރި މަޢުލޫމާތުތައް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

03 ޖަނަވަރީ 2019