މަސައްކަތް
ނަންބަރު: GS102/IUL/2019/01
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 06 ޖަނަވަރީ 2019 10:30
ށ. ނޫމަރާ ސްކޫލް
ދިވެހިރާއްޖެ
ފައުންޑޭޝަން ސްޓޭޖް ދަރިވަރުން ކުޅޭ ސަރަހައްދު ތައްޔާރުކޮށްދިނުން

c

                     ނޫމަރާ ސްކޫލް

އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާއީ ހަމަޖެހުން

      ނޫމަރާ، ދިވެހިރާއްޖެ 

 

                                                   ނަންބަރު: GS102/IUL/2019/01

 

އިޢުލާނު

 

މިސްކޫލްގެ ފައުންޑޭޝަން ސްޓޭޖް ދަރިވަރުން ކުޅޭސަރަހައްދު ތައްޔާރުކޮށްދޭނެ ފަރާތައް ހޯދުމާގުޅޭ

 

  މިސްކޫލްގެ ފައުންޑޭޝަން ސްޓޭޖް ދަރިވަރުން ކުޅޭ ސަރަހައްދު ސްކޫލުންދެ ކުރެހުމާއި އެއްގޮތައް އަމިއްލަ ތަކެތީގައި އަވިދާދަމައި، ބިންގަނޑު ލެވެލްކޮށް ދޮންވެލި އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު GS102/IUL/2018/43 ނަމްބަރ އިޢުލާނާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް އެކަށީގެންވާ ޢަދަދަށް މީހުން ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން ފުރުޞަތުހުޅުވާލަމެވެ.

 

މަޢުލޫމާތު ދިނުމުގެ ސެސަން

އަންދާޒީ ހިސާބު ހުށަހެޅުމާއި ކެނޑުން

08 ޖެނުއަރީ 2019     ހެނދުނު 10:30

10 ޖެނުއަރީ 2019       މެންދުރުފަހު 13:00

                 

                   މި މަސައްކަތައް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( 2014/18)ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ތަމްސީލްކުރާ ކުންފުނި / ވިޔަފާރި އެނގޭނެގޮތައް ސިޓީއަކާއިއެކު ބަދަލުގައި އަންނަ ފަރާތުގެ އައިޑީކާޑު ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޞިރުވާއިރު ތަމްސީލް ކުރާ ކުންފުނި / ވިޔަފާރީގެ ( މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ) އިން ދޫކޮށްފައިވާ ރަޖިސްޓްރީގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ.

                   މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މިކަމަށްއެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި '' ފައުންޑޭޝަން ސްޓޭޖް ދަރިވަރުން ކުޅޭ ސަރަހައްދު ތައްޔާރުކުރުމަށްއެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

                     ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.

                            27 ރަބީޢުލްއާޚިރު 1440

                             03 ޖެނުއަރީ 2019

 

 

 

 

03 ޖަނަވަރީ 2019