ތަމްރީނު
ނަންބަރު: MBA/IUL/2019/04
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 18 ޖަނަވަރީ 2019 00:00
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ކޯޗަސް ގްރޭޑިންގ ކްލިނިކް

މިއެސޯސިއޭޝަނުން ބާއްވާ "ކޯޗަސް ގްރޭޑިންގ ކްލިނިކް" 20 ޖެނުއަރީ 2019 ވާ އާދިއްތަ ދުވަހުގެރޭ ފެށުމަށް ވަނީ ހަމަޖެހިފައެވެ. މްކިލިނިކްގެ މަޤުސަދަކީ މިއެސޯސިއޭޝަންގެ ލައިސެންސް ކޯޗުންގެ ގްރޭޑް ކަނޑައަޅާ ގްރޭޑިންގ ސިސްޓަމެއް އެކުލަވާލުމެވެ. ވީމާ މިއެސޯސިއޭޝަންގެ ފީބާ ލައިސެންސް ކޯޗުން ނޫން އަދި 2018 ވަނަ އަހަރު ބޭއްވުނު ކޯޗަސް ގްރޭޑިންގ ކްލިނިކްގައި ބައިވެރިނުވާ އެންމެހާ ކޯޗުން މިކޯހުގައި ބައިވެރިވާން ވާނެއެވެ.

މިކްލިނިކްގައި ބައިވެރިވުމަށް ކޯޗަސް ގްރޭޑިންގ ކްލިނިކް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 17 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

03 ޖަނަވަރީ 2019