ވަޒީފާގެ ފުރުޞަތު
ނަންބަރު: 331/2014/02
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2014
ޕަބްލިޝްކުރި ގަޑި: 16:30
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ އަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:                                 ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ  

ރޭންކް:                   އެމް. އެސް. 2                            

ކްލެފިކޭޝަން:               ސީނިއަރ އޮފިސަރ ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2

އޮފީސް / އިދާރާ:            މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

ސެކްޝަން:              އިކޮނޮމިކް، ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:   މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

މުސާރަ:              6,295.00   ރުފިޔާ

ސަރވިސް އެލަވަންސް:        2,000.00 ރުފިޔާ

ބޭނުންވާ އަދަދު:             1  (އެކެއް)

މަޤާމުގެޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،   ނުވަތަ 

2 . މަޤާމުގެ މަސައްކަތާ ގުޅޭ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.  ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުން. ނުވަތަ

4. މަޤާމުގެ މަސައްކަތާ ގުޅޭ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން  ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1. ރަށުގެ އާބާދީއަށް އަންނަ ބަދަލުތައް ދުވަހުން ދުވަހަށް ގެނައުމާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް ކަމާގުޅޭ މަޢުލޫމާތުތައް ދުވަހުން ދުވަހަށް ފޮނުވާ ރަށުގެ އާބާދީއާ ބެހޭ ކަންތައްތައް ބެލެހެއްޓުން.

2. އުމުރުން ދުވަސްވީ މީހުންނާއި (65 އަހަރުން މަތީގެ މީހުން) ޕެންޝަނަރުން، އަދި އެކަނިވެރި މައިންނާއި ސަރުކާރުން ދެއްވާ ޚާއްޞަ ޢިނާޔަތް ލިބޭ މީހުންގެ ރަޖިސްޓަރީ ބެލެހެއްޓުމާއި، އެފަދަ މީހުންނާއި ގުޅޭ ގޮތުން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އަންގަވާފައިވާ އުޞޫލުތަގާއި ޤަވާޢީދުތަކާއި، އެއްގޮތްވާ ގޮތުގެމަތިން ބަލަހައްޓަންޖެހޭ އެންމެހައިކަންތައްތައް ބަލަހައްޓާ އެ އޮފީހަށް މަހުންމަހަށް ފޮނުވަންޖެހޭ ރިޕޯޓް ފޮނުވުން.

3. ވިހާ މަރުވާ ގަވާއިދުން ބަލަހައްޓާ އުފަންވާ ކުދިންގެ އުފަންދުވަހުގެ ރަޖިސްޓަރީއާއި އުފަންދުވަހުގެ ސަޓިފިކެޓް ހަދައިދިނުމާއި، ކަމާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުން.

4. ރަށްވެހިންގެ ރަޖިސްޓަރީއާއި ގޭގޭގެ މީހުންގެ ރަޖިސްޓަރީ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތީން ހަދައިދީ އެތަކެތީގެ ލިޔެކިޔުންތަކާއި ރިކޯޑުތައް ބެލެހެއްޓުން.

5. ރަށުގެ ބިން ބޭނުންކުރުމާއި ބެހޭގޮތުން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ބިންތަކުގެ މަޢްލޫމާތު އެއްކޮށް ބެލެހެއްޓުމާއި، ދިރިއުޅުމަށާއި އެނޫންބޭނުމަށް ރަށުން ދޫކުރެވިފައިވާ ބިންތަކަށް ހަދައިދޭންޖެހޭ ގޯތީގެ ރަޖިސްޓަރީއާއި ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ، ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާގޮތުގެމަތީން ހަދައިދިނުމާއި، އެފަދަ އެންމެހައި ތަންތަނުގެ ލިޔެކިޔުންތަކާއި ރިކޯޑު ބެލެހެއްޓުން،

6. ރަށުގައި ބަންނަ އޮޑިދޯނިފަހަރު ރަޖިސްޓަރީ ކުރުމާއި ބެހޭގޮތުން އުޅަނދު މިނުމާއި (މިންތައް ނެގުމާއި) އެ އުޅަނދަކަށް އުޅަނދު ބަން މާވަޑިޔާދޭ ސެޓްފިކެޓްގެ މިންތައް ޗެކްކުރުމާއި، އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގޮތުން ޓްރާންސް ޕޯޓް މިނިސްޓްރީއަށް ފޮނުވަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް އެފަރާތައް ފޮނުވާ އެތަކެތީގެ ރިކޯޑު ބެލެހެއްޓުން.

7. އިންޕޯޓް މުދާ ވިއްކުމަށް ދޫކުރާ ހުއްދަ ދޫކުރުމާއި، މަސްވެރިކަން ކުރާ އުޅަނދު ފަހަރާއި ކާބޯތަކެތި ވިއްކާ ތަންތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ސާވޭކުރުމާއި، އެފަދަ ތަންތަނަށާއި އުޅަނނދު ފަހަރަށް ދޫކުރާ ސެޓްފިކެޓް ދޫކުރުމުގެ ކަންތައްތައް ކަމާއިގުޅޭގޮތުން ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކުރުމާއި އެކަންތައްތަކުގެ ލިޔެކިޔުންތަކާއި ރިކޯޑުތައް ބެލެހެއްޓުން.

8. ކައުންސިލްގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ވެރިން އަންގަވާ އެހެނިހެން މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް.

2. ލިބިފައިވާ މަސައްކަތު ތަޖުރިބާއަށް.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ބޭނުންވާ ސިފަތަކައް.

އިންޓަވިއު އަދި ޕްރެސެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

އިންޓަވިއު އަދި ޕްރެސެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު ކަނޑައަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް އެކަން ކައުންސިލްގެ އިދާރާއިން އަންގަވާނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަގާމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރައްވައި 21 ޖަނަވަރީ 2013 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުމި އިދާރާއިން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.)

އުޖޫރައާއި ޢިނާޔަތްތައް:

އުޖޫރަ ކަނޑައެޅިފައިވާ ގޮތް:

- މަޤާމުގެ އަސާސީ މުސާރަ

- މަޤާމު ހިމެނޭ ޚިދުމަތުގެ ދާއިރާއާއި ގުޅިގެން ދެވޭ "ސަރވިސް އެލަވަންސް" އަދި

- ވަޒީފާ އަދާކުރާ ޙާލަތައް ބިނާކޮށް ދެވޭ އެހެނިހެން ޢިނާޔަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މި އިދާރާއިން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތައް ލިބިފައިވާ ތަޢްލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާއި އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު). (އެޓެސްޓްކޮށް ހުށަހަޅާ ލިޔުންތަކުގައި، އެޓެސްޓްކުރި ފަރާތުގެ ނަމާއި، ތާރީޚާޢި ސޮއި އަދި އެޓެސްޓްކުރި އޮފީހެއްގެ ތައްގަނޑު ޖަހާފައި ނުވާނަމަ، އެ ލިޔުންތައް ބަލައި ނުގަނެވޭނެއެވެ).

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭ ފަދަ ކޮޕީއަކާއި (އަސްލާ އެއްގޮތްކަމަށް ސަރުކަރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

 މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6641941 ނަންބަރ ފޯނާއެވެ. ފެކްސް ނަންބަރަކީ 6641941 އެވެ. އީމެއިލް ކުރައްވާނީ [email protected]. އަށެވެ.

08 ރަބީޢުލްއައްވަލު 1435

09 ޖަނަވަރީ 2014