ދިވެހިރާއްޖެ
ދިޔަދޮވި ހަރުކުރުމާއި ބައެއް ދޮރާއި ދޮރުފަތް ހެދުން
މި ސްކޫލްގެ އިމާރާތުގެ ވަށައިގެންވާ ދިޔަދޮވި ނައްޓައި ދިޔަދޮވި ހަރުކުރުމާއި މި ސްކޫލްގެ ބައެއް ދޮރުތަކާއި ދޮރުފަތްތައް ހަރުކުރަން ބޭނުންވެގެން ކުރެވުނު (IUL)GZS/2018/45 އިޢުލާނަށް ބިޑް ހުށައަޅުއްވި ފަރާތްތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ބާތިލް ކުރުމަށް ފަހު އަލުން އިޢުލާނު ކުރީމެވެ.
މި ސްކޫލްގެ އިމާރާތުގެ ވަށައިގެންވާ ދިޔަދޮވި ނައްޓައި ދިޔަދޮވި ހަރުކުރުމާއި މި ސްކޫލްގެ ބައެއް ދޮރުތަކާއި ދޮރުފަތްތައް އަމިއްލަ ތަކެތީގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުމާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައި ވާނެއެވެ.
1 މި މަސައްކަތުގައި ބައިވެރިވާ އެދޭ ފަރާތްތަކުން، 3 ޖެނުއަރީ 2019 އިން 7 ޖެނުއަރީ 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކުމި ސްކޫލްގެ އޮފީހަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
2 މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 7 ޖެނުއަރީ 2019 ވަނަ ދުވަހުގެ 11:30 ގައި ޣާޒީ ސްކޫލްގައެވެ.
3 މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖެނުއަރީ 8 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޖެނުއަރީ 09 ވަނަ ދުވަހުގެ 11:00 ގައި މި ސްކޫލްގެ މީޓިންގ ރޫމްގައެވެ.
5 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
6 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޣާޒީ ސްކޫލްގެ އެޑްމިން އޮފީސް
އޯކިޑްމަގު، ހުޅުމާލެ، ދިވެހިރާއްޖެ.
ފޯން: 3350744
އީ-މެއިލް: [email protected]
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350744 ނަންބަރު ފޯނާއެވެ.
2 ޖެނުއަރީ 2019