ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2014/12
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2014
ޕަބްލިޝްކުރި ގަޑި: 15:29
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ނިޔާމަ ރިސޯޓު (ދ.އެބޫދުއްފުށި) ގައި ވޯޓުފޮށި ބަހައްޓާ ގޮތަށް ހަމަޖެއްސުން

މި ކޮމިޝަންގެ ނަންބަރު:A)CA-2014/4) ފ(5 ޖަނަވަރީ 2014) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

ނިޔާމަ ރިސޯޓު (ދ.އެބޫދުއްފުށި) ގައި ވޯޓުފޮށި ބަހައްޓާ ގޮތަށް ހަމަޖެއްސުން

2014 ޖަނަވަރީ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ވޯޓުފޮށި ނުބަހައްޓާ ގޮތަށް ހަމަޖައްސާފައިވާ 4 ރިސޯޓުގެ ތެރޭގައި،  ނިޔާމަ ރިސޯޓު (ދ.އެބޫދުއްފުށި)  ހިމެނިފައިވަނީ ލިޔުމުގައިވާ ކުށަކުންނެވެ. މިރިސޯޓަކީ ރީ-ރަޖިސްޓަރީ ކުރުމަށް ހުޅުވާލި ފުރުޞަތުގައި، މި ކޮމިޝަނުން ކަނޑައަޅާފައިވާ އަދަދަށް (މަދުވެގެން 100 މީހުން) ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ރިސޯޓެކެވެ. އެހެންކަމުން، މި ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވާކަން، ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

ވޯޓުފޮށި ބަހައްޓާ ރިސޯޓާއި ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ނިޔާމަ ރިސޯޓުގެ ޓްރެއިނިންގ

ރޫމުގައި

މި ފޮށްޓަށް ވޯޓުލާނީ ނިޔާމަ ރިސޯޓުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ނިޔާމަ ރިސޯޓް

(ދ.އެނބޫދުއްފުށި)

Z31.1.1

1       

8 ރަބީޢުލްއައްވަލް 1435

 

09 ޖަނަވަރީ 2014