ކުއްޔަށް ހިފުން
ނަންބަރު: (IUL)GS-152-A/PRIV/2018/12
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 16:03
ސުންގަޑި: 10 ޖަނަވަރީ 2019 11:00
މަތިވެރި ސްކޫލް
ދިވެހިރާއްޖެ
2019 ވަނަ އަހަރު މިސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

                                      

  1. 2019 ވަނަ އަހަރު މިސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެގެން ކުރެވުނު ނަންބަރު (IUL)GS-152-A/INDIV/2018/20 (13 ނޮވެންބަރު 2018) އިޢުލާނަށް ހުށަހަޅާފައިވާ ބިޑްތައް ޞައްޙަ ކަމުގައި ނުވާތީ، އެއިޢުލާން ބާޠިލް ކޮށް 2 ވަނަ އެފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖަނަވަރީ 02 އިން 2019 ޖަނަވަރީ 09 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖަނަވަރީ 09 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ޖަނަވަރީ 10 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލުގެ އިދާރާގައި އޮންނާނެއެވެ.
  5. ބިޑް ހުޅުވުން އޮންނާނީ 2019 ޖަނަވަރީ 15 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލުގެ އިދާރާގައި އޮންނާނެއެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަތިވެރި ސްކޫލް

އއ. މަތިވެރި

މޮބައިލް: 7990816

ފޯން: 6660816

އީމެއިލް: [email protected]

ކޮޕީ އީމެއިލް: [email protected]

24 ރަބީޢުލްއާޚިރު 1440

31 ޑިސެންބަރު 2018

31 ޑިސެންބަރު 2018