މަސައްކަތް
ނަންބަރު: 60-ADM/2018/364
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި: 08 ޖަނަވަރީ 2019 11:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ހދ.ކުޅުދުއްފުށި އެސްޓީއޯ ފިހާރައިން ވިއްކާ އެއަރކޮންޑިޝަން 2 އަހަރު ދުވަހުގެ މުއްދަތަށް އިންސްޓޯލް ކޮށް، އާފްޓާ ސޭލްސް ސާވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެވެރިފަރާތް:ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީކުރުން:ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 ޖެނުއަރީ 08 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ހދ.ކުޅުދުއްފުށި އެސް.ޓީ.އޯ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސްދޫކުރުން:ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2019 ޖެނުއަރީ 08 ވާ އަންގާރަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތުދިނުން:ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2019 ޖެނުއަރީ 09 ވާ ބުދަ ދުވަހުގެ 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ހދ.ކުޅުދުއްފުށި އެސް.ޓީ.އޯ ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއިޖަވާބު:ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2019 ޖެނުއަރީ 13 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި، 2019 ޖެނުއަރީ 14 ވާ ހޯމަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2019 ޖެނުއަރީ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި ހދ.ކުޅުދުއްފުށި އެސް.ޓީ.އޯ ފިހާރައިގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3344262،3012577

ފެކްސް: 3443363

އީމެއިލް: [email protected]

31 ޑިސެންބަރު 2018