މަސައްކަތް
ނަންބަރު: (IUL)261/261/2018/49
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 08 ޖަނަވަރީ 2019 10:30
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު

މިރަށު ރަށްވެހިގޭ ގޯތިތެރޭގައި ހަދަން ފަށާފައިވާ 2 ކޮޓަރީގެ ޢިމާރާތުގެ  2 ވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 08 ޖެނުއަރީ  2019 ވާ އަންގާރަ ދުވަހުގެ 10:30 ގައި ހިރިމަރަދޫ ކައުންސިލް އިދާރާގައެވެ.

ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއިއެއްގޮތަށް ރަށްވެހިގޭ ގޯތިތެރޭގައި ހަދަން ފަށާފައިވާ 2 ކޮޓަރީގެ ޢިމާރާތުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤު ވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 08 ޖެނުއަރީ 2019 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޖެނުއަރީ  2019 ވާ ބުދަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް ގެންނަންވާނެއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްގެ ބަދަލުގައި އެއްވެސްފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނަމަ ކުންފުނި/ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓާއި ކުންފުނި/ އިންވެސްޓްމަންޓްގެ ރަސްމީ ލިޔުމެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

30 ޑިސެންބަރު 2018