ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-CAA/248/2018/111
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:05
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީ ޒޯންގެ ލައިސަންސް ދޫކުރުމާބެހޭ

                                ނަމްބަރު: (IUL)248-CAA/248/2018/111

 

     އިޢުލާން

 

ބީ ޒޯންގެ ލައިސަންސް ދޫކުރުމާބެހޭ:

        އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ބީ ޒޯންގެ ލައިސަންސް ފޮތް މިއިދާރާއަށް މިހާރު ލިބިފައިވާތީ 31 ޑިސެންބަރު 2018 ދުވަހުން ފެށިގެން ކުރިއެކޭވެސް އެއްގޮތަށް އެ ޚިދުމަތް މިއިދާރާއިން ލިބޭނެވާހަކަ ދެންނެވީމެވެ.

        ލައިސަންސް ދޫކުރުމަށް ދުއްވުމުގެ އިމްތިހާނު ކުރެވޭ ކޮންމެ ފަހަރަކު އިމްތިހާނުގައި ބައިވެރިވާ ފަރާތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝްއިން ނަގާ ފީގެ އިތުރުން ދެ ފޮރޮޅުލީ އުޅަނދެއްނަމަ -/15 ރުފިޔާ، އަދި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރާއި 3 ފުރޮޅުލީ އުޅަނދުފަހަރަށް -/25 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެއެވެ.

        މިއިދާރާއިން ލައިސަންސް ދޫކުރާނީ މިރަށުގެ  ރަށްވެހިންނަށެވެ.

        މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

30 ޑިސެންބަރު 2018