މަޤާމް:
|
އެސިސްޓެންޓް ލައިބްރޭރިއަން
|
|
މަޤާމުގެ ނަންބަރު:
|
J-128599
|
|
ބޭނުންވާ އަދަދު:
|
1
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކް:
|
ޖީ.އެސް. 3
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މަރަދޫ ފޭދޫ ސްކޫލް / ސ.މަރަދޫފޭދޫ
|
|
މުސާރަ:
|
-/4465
|
|
ސަރވިސް އެލެވަންސް:
އެހެނިހެން އެލަވަންސް:
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
މަޤާމުގެ ޝަރުޠުތައް:
|
-/1500
ސަޕޯޓިންގ ކޯ އެލަވަންސް 2 - -/700
- ލައިބްރަރީ ރޫލްސް ތައްޔާރުކޮށް ދަރިވަރުންނާއި ޓީޗަރުން އަދި ލައިބްރަރީ ބޭނުންކުރާ ފަރާތްތަކަށް ފެންނާނެހެން ބަހައްޓައި، އެއަށް އަޙުލުވެރިކުރުވުމާއި، ލައިބްރަރީ އިން ފޮތްދޫކޮށް ބަލައިގަތުމާއި، އޭގެ ރެކޯރޑް ދުވަހުން ދުވަހަށް ބެލެހެއްޓުން.
- ސްކޫލްގެ ކިޔެވުން އޮންނަ ދުވަސްތަކުގައި ލައިބްރަރީ ހުޅުވާފައި ބެހެއްޓުމާއި، ސްކޫލުން ޙަވާލުކުރާ ޝެޑިއުލާއި އެއްގޮތަށް ލައިބްރަރީ ކްލާސްތައް ނެގުމުގައި ޓީޗަރުންނަށް އެހީތެރިވެ އެކަމަށް ބޭނުންވާނެ އިންތިޒާމްތައް ހަމަޖެއްސުން.
- ލައިބްރަރީ ފޮތް ތަކުގައި ބޭރުގަނޑު ލައި، ތަރުތީބުނަމްބަރާއި ތައްގަނޑު ޖަހައި، ލޭބަލްކޮށް ލައިބްރަރީ ފޮތްތައް ގުރޫޕްކޮށް ފިކްޝަން، ނޮންފިކްޝަން އަދި ރިފެރެންސް ފޮތްތައް އެނގޭނެހެން އަތުރައި ތަރުތީބުކޮށް ބެލެހެއްޓުމާއި، ލައިބްރަރީއިން ފޮތް ދޫކޮށް ބަލައިގަންނާނެ އުޞޫލެއް ތައްޔާރުކޮށް، އެއާ އެއްގޮތަށް ދަރިވަރުންނާއި، ޓީޗަރުންނަށް ލައިބްރަރީގެ ޚިދުމަތް ދިނުން އިންތިޒާމް ކުރުން
- ލައިބްރަރީ އަކީ ތަރުތީބު އަދި ސާފުތާހިރު ތަނަކަށް ހެދުމާއި، ކޮންމެ ދުވަހަކު ލައިބްރަރީ ފޮތްތައް ތަރުތީބުކުރުމާއި މަސައްކަތުމީހުންގެ އެހީތެރިކަމާއި އެކު ލައިބްރަރީގެ ފޮތް ހަރުގަނޑުތަކާއި، ތަޅުންގަނޑުގައި ފެންފޮތިލައި، ދޮރުތަކާއި ދޮރުފަތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުން
- ދަރިވަރުންގެ މެދުގައި ފޮތް ކިޔުމަށް ޝައުޤުވެރިކަން އިތުރުކުރުމަށާއި ދަރިވަރުން ފޮތްކިޔަން އަޙުލުވެރިކުރުވުމަށްޓަކައި، އެކަޑަމިކް ސްޓާފުންނާއި ގުޅިގެން ރީޑިންގ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ސްކޫލުގެ ލައިބްރަރީއަށް ބޭނުންވާ އެންމެ ފަހުގެ ފޮތްތައް (ދަރިވަރުންގެ ކިޔެވުމާއި ގުޅުންހުރި އެކި ލެވެލްތަކުގެ ފޮތްތަކާއި ރިފަރެންސް ފޮތްތައް) ދެނެގަނެ، އެ ފޮތްތައް މެނޭޖްމަންޓަށް ހުށަހަޅައިގެން ހޯދުން.
- ޒަމާނީ މިންގަނޑުތަކަށް ލައިބްރަރީގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުމާއި ސްކޫލުގެ ލައިބްރަރީއަށް ލިބޭ ނުވަތަ ހޯދާ ފޮތްތަކާއި ތަކެތި ބަލައިގަނެ، އެންޓްރީކޮށް އިންވެންޓްރީ ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން.
- ދުވަހުން ދުވަހަށް ހިންގޭ ލައިބްރަރީ ހަރަކާތްތަކާއި ދުވަހުން ދުވަހަށް ލައިބްރަރީ ބޭނުންކުރެވޭ ގޮތުގެ ޔައުމިއްޔާލިޔެ،ލައިބްރަރީ ރިޕޯޓް ތައްޔާރުކޮށް ކޮންމެ ޓަރމަކު އެއްފަހަރު ސްކޫލުގެ އިސްވެރިޔާއަށް ހުށަހެޅުން.
- ކޮންމެ ދިރާސީ އަހަރަކަށް ދަރިވަރުންނަށް ހޯދާ ޓެކްސްޓް ފޮތްތައް ބަލައިގަނެ، ފޮތް ދޫކުރާ ކޮމެޓީގެ ބެއްލެވުމުގެ ދަށުން ދަރިވަރުންނަށް ފޮތްދޫކުރުމާއި، ދިރާސީ އަހަރު ނިމުމުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގާ ގޮތެއްގެ މަތިން ފޮތްތައް އަނބުރާ އަތުލައި ރެކޯދްކޮށް ރައްކާތެރިކަމާއި އެކު ބެލެހެއްޓުން އަދި ޓީޗަރުންނަށް ބޭނުންވާނެ ޓެކްސްޓް ފޮތްތަކާއި، ރިފަރެންސް ފޮތްތައް ކޮންމެ އަހަރެއް ފެށޭއިރު ދޫކުރުމާއި، އަހަރު ނިމުމުން އެ ފޮތްތައް އަނބުރާ ހޯދުން.
- ސްކޫލުން ކުރިޔަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ދިމާވާ ކުއްލި ކަންތައްތަކުގައި ބައިވެރިވުމާއި، ސްކޫލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ ކަންތައްތައް ކުރުން.
ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް ' ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި ' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
- ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެތްފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
|
|
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީން.
- އިމްތިހާން
- މަސައްކަތުގެ ތަޖުރިބާ.
- ލިބިފައިވާ ހުނަރު
|
|
|
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޖެނުއަރީ 2019 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މަރަދޫފޭދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 13 ޖެނުއަރީ 2019 އާއި 14 ޖެނުއަރީ 2019 އާ ދެމެދު، މަރަދޫ ފޭދޫ ސްކޫލް ގައެވެ.
|
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
|
|
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6891531 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|
|
|