ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2018/85
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:02
ސުންގަޑި: 10 ޖަނަވަރީ 2019 14:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތް ތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ޤުރުއާން ކުލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު

މިއިދާރާގެ ނަންބަރ (IUL)266-A/266/2018/79 (18 ޑިސެމްބަރ 2018) އިޢުލާނާއިގުޅިގެން ފޯމް ހުށަހެޅި މުއްދަތު ހަމަވުމާއި ގުޅިގެން މުއްދަތު ހަމަވުމުން މުއްދަތު އިތުރުކޮށް އިޢުލާންކުރީމެވެ.

ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި މިއިދާރާ ގުޅިގެން މިސްކިތް ތަކުގައި ކީރިތި ޤުރުއާން ކިޔަވައިދޭ ކިލާސްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައިވެއެވެ. މި ކިލާސްތަކުގެ ގޮތުގައި ހިންގާނީ އަކުރު ދަސްކޮށްދޭ ކިލާސް ، ޙިފްޡު ކިލާސް އަދި ޤުރުއާން ޚަތިމް ކިލާހެވެ.

ވީމާ، މި ކިލާސްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި އިދާރާއިން އެކަމާ ގުޅޭ ފޯމް ނަންގަވާ ފުރިހަމަ ކުރެއްވުމަށްފަހު 10 ޖެނުއަރީ 2019 ވަނަ ދުވަހުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ފޯމް ކައުންސިލް އިދާރާއިން ރަސްމީ ގަޑީގައި ލިބިބަޑައިގަންނަވާނެއެވެ.  

30 ޑިސެންބަރު 2018