ދިވެހިރާއްޖެ
މިރަށުގެ މަގުތަކުގައި ޖެހުމަށް ބޭނުންވާ މަގުބައްތި ތައް މިކައުންސިލުން ދޭ ނަމޫނާ އާއި އެއްގޮތަށް ވެލްޑިން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 ޖަނަވަރީ 2019 ދުވަހުގެ 13:30 އަށް މިކައުންސިލްގެ އިދާރާ އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 6 ޖަނަވަރީ 2019 ދުވަހުގެ 13:30 އަށް މިމަސައްކަތްކޮށްދެއްވޭނެ އަގު ބަޔާންކޮށް އަންދާސީ ހިސާބު ހިއްޕަވައިގެން މިކައުންސިލްގެ އިދާރާ އަށް ވަޑައިގެންދެއްވުންއެދި ދެންނެވީމެވެ.
މައުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކާއި އައިޑީ ކާޑުގެ ކޮޕީއެއް ދެއްވުމަށްފަހު ފޮނުވުމަށް ދަންނަވަމެވެ. އަދި މި ދެބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތްތަކުގެ އައިޑީކާޑުގެ އަސްލު ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ.
މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ.
ހުށަހެޅޭ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނެ މިންގަނޑު ތިރީގައި އެވަނީ އެވެ.
އެންމެ ދައް އަގެއް ހުށަހަޅާ ފަރާތަކަށް 80 މާކްސް
އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް 20 މާކްސް
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.