މަސައްކަތް
ނަންބަރު: GS196/IUL/2018/19
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 10:09
ސުންގަޑި: 06 ޖަނަވަރީ 2019 12:30
ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
ކޮނޑޭ ސުކޫލުގައި ދަރިވަރުންގެ ފާޚާނާއެއް އިމާރާތްކުރުމަށް ބޭނުންވެއްޖެ.

މިސުކޫލުއިން ކުރި އިޢުލާން ނަމްބަރ GS196/IUL/2018/13 އަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އިޢުލާން ބާތިލުކޮށް އަލުން އިޢުލާނުކުރަމެވެ. މިސުކޫލުއިންދޭ މަޢުލޫމާތުތަކާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިސުކޫލުގެ ދަރިވަރުންނަށް ފާޚާނާއެއް އިމާރާތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސުކޫލުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހިއްޕަވައިގެން މިސުކޫލުގެ އޮފީހަށް ދުރުވެދެއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ދަރިވަރުންގެ ފާޚާނާއެއް އިމާރާތްކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަން

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

06 ޖެނުއަރީ 2019 ވަނަ ދުވަހުގެ 12:30 އަށް

13 ޖެނުއަރީ 2019 ވަނަ ދުވަހުގެ 12:30 އަށް

ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލުކުރަނީ ކޮން ކުންފުންޏެއް، އިންވެސްޓްމަންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (2014/18)ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19)ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ 1 ފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެނުލައްވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 6820097 ފޯނަށް ގުޅުއްވުން އެދެމެވެ. 

30 ޑިސެންބަރު 2018