ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)197-A1/1/2018/25
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 15:47
ސުންގަޑި: 08 ޖަނަވަރީ 2019 13:30
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

މި ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު   (IUL)197-A1/1/2018/9  (05 ސެޕްޓެންބަރު 2018) އިޢުލާނު ބާޠިލްކޮށް އަލުން މިމަޤާމަށް އިޢުލާނު ކުރަމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމް

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް

LS 2

ޢަދަދު

02

މަސައްކަތްކުރަންޖެހޭ ތަން

ސުޕްރީމް ކޯޓު

އަސާސީ މުސާރަ

-/9412 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް

މުސާރައިގެ އިތުރުން، ސަރވިސް އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ)، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %65، ލިވިންގ އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ) އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް.

އަސާސީ ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

ކޯޓުގެ ބޭނުމަށް ޤާނޫނުތަކާއި ޤަވާޢިދުތައް ބަލާ ދިރާސާކުރުމާއި ޝަރީޢަތްތަތަކާ ގުޅުންހުރި  ޤާނޫނުތަކާއި ޤާވާޢިދުތައް ދިރާސާ ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް.

2- ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު.

3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)

ސުންގަނޑި

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2019 ޖަނަވަރީ 08 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

1- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.

2- ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.

3- އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގޭ ފަރާތަކަށްވުން.

4- މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތަކަށްވުން.

އިތުރު މަޢުލޫމާތު

1- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

2- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް އަސްލާ އެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ.

3- އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

4- މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމް މި ކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މި ކޯޓުގެ ވެބްސައިޓްގެ އެޑްރެހަކީ www.supremecourt.gov.mv  އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މި ކޯޓުގެ ކައުންޓަރުން ފޯމު ލިބެންހުންނާނެއެވެ.

27 ޑިސެންބަރު 2018