ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ESMSMS/248/2018/107
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 27 ޑިސެންބަރު 2018 00:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ތަކާއި އެގޯތި ތަކާއި ގުޅިފައިވާ މަގުތައް ސާފުކޮށް ބެލެހެއްޓުން

`

 ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ                                    

ހއ. އިހަވަންދޫ                                            

ދިވެހިރާއްޖެ  

ނަންބަރު: IUL248-ESMSMS/248/2018/107                                           

 

އިޢުލާނު

ގޯތިތަކާއި އެގޯތިތަކާއި ގުޅިފައިވާ މަގުތައް ސާފުކޮށް ބެލެހެއްޓުން.

               ބައެއް ގޯތިތަކާއި އެގޯތިތަކާއި ގުޅިފައިވާ މަގުތައް ސާފުނުކޮށް އޮތުމުން އެ ތަންތަން ފެންނަނީ ވަރަށް ހަޑިކޮށެވެ. އަދި އެ ގޮތަށް އެކަންކަން އޮތުމުން އެފަދަ ގޯތިތަކާއި ކައިރީގައި ދިރިއުޅޭ މީހުންނަށާއި، މަގުން ހިނގާ މީހުންނަށާއި، އަދި ދުއްވާ ތަކެއްޗަށް ވަރަށް ބޮޑަށް ދަނީ ދަތިވަމުންނެވެ.

               ހަމައެހެންމެ ބައެއް ގޯތިތަކާއި އެ ގޯތިތަކާއި ގުޅިފައިވާ މަގު ސާފުނުކޮށް އޮތުމުގެ ސަބަބުން ގޯތީގައި ޢިމާރާތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ގޯތީގައި ޢިމާރާތް ކުރުމަށް އިން ޗެކުކޮށްދިނުމަށް ގޯތި ތަކުގެ ވެރިން އެދުމުން އެކަމާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ވަނީ ދަތިވެފައެވެ.

               ދެންނެވުނު ގޮތަށް އެކަންކަން ހުރުމުން ގޯތީގައި ޢިމާރާތް ކުރުމުގެ މަސައްކަތްތައް ކުރުމަށް ލަސްވުމުގެ އިތުރުން. އެފަރާތްތަކަށް ބޮޑެތި ގެންލުންތައް ދަނީ ލިބެމުންނެވެ. މިއީ ވަރަށް ދެރަވަރު ގޮތަކަށް އޮތްކަމަކަށް ވާތީ އެއްވެސް ފަރާތަކުން އެފަދަ ކަންކަން ނުކުރުމަށާއި، ޤާނޫނާއި ޤަވާޢިދުގައިވާ ގޮތުގެ މަތިން ގޯތިތައް ބަލަހައްޓަމުން ގެންދިމަށާއި އަދި ގޯތިތަކާއި ގުޅޭ ގޮތުން މި އިދާރާއިން އަންގާ އެންގުންތަކަށް ގޯތިތަކުގެ ވެރިން ޢަމަލު ކުރައްވަމުން ގެންދެވުމަށް އަންގަމެވެ. 

               ވީމާ، ޤާނޫނާއި ޤަވާޢިދުގައިވާ ގޮތުގެ މަތިން ގޯތިތައް ބަލަހައްޓަމުން ގެންދިމަށާއި، އަދި ގޯތިތަކާއި ގުޅޭ ގޮތުން މި އިދާރާއިން އަންގާ އެންގުންތަކަށް 10 ( ދިހަ ) ދުވަހުގެ ތެރޭގައި ޢަމަލު ނުކޮށްފިނަމަ އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން، ކުރިއަށް ގެންދާނެ ކަމުގައި ދެންނެވީމެވެ.

                މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ޑިސެންބަރު 2018