ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ESMSMS/248/2018/108
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 03 ޖަނަވަރީ 2019 11:30
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިހަވަންދޫ ކައުންސިލްގެ އިދާރާގައި ސީ ސީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

`

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ                                    

ހއ. އިހަވަންދޫ

ދިވެހިރާއްޖެ                              

 ނަންބަރު: IUL-248-ESMSMS/248/2018/108                            

 

އިޢުލާން

އިހަވަންދޫ ކައުންސިލްގެ އިދާރާގައި ސީ ސީ ކެމެރާ ހަރުކުރުން.

                އިހަވަންދޫ ކައުންސިލްގެ އިދާރާގައި  މުޅިކޮމްޕްލިޓް އެއްކޮށް ހިމެނޭ ގޮތަށް 12  ސީ ސީ ކެމެރާގެ ސެޓެއް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

                ވީމާ، އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 10 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހު 11:30 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

                މަޢުލޫމާތު ސާފުކޮށް، މި މަސައްކަތް ކޮށްދިނުމަށް ހުށަހެޅޭނީ، ކުންފުނި، ޕާޓްނަރޝިޕް، އަދި ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ. 

                އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް، އިހަވަންދޫ ކައުންސިލްގެ އިދާރާގައި  ސީ ސީ ކެމެރާ ހަރުކުރުން ދިނުމަށް އެދި ހުށަހަޅާފައިވާ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.

                މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.   

27 ޑިސެންބަރު 2018