ވަޒީފާގެ ފުރުޞަތު
ނަންބަރު: IL-HRD/2018/85
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 06 ޖަނަވަރީ 2019 15:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.  

 

މަޤާމް:

ޑެޕިއުޓީ ހެޑް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް 

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • ގާނޫނީ ދާއިރާ އިން މާސްޓަރސް ޑިގްރީ ހާޞިލްކޮށްފައިވުން.
  • ޤާނޫނީ ދާއިރާއިން ނުވަތަ ފައިނޭންޝަލް އިންޓެލިޖެންސް ނުވަތަ ފައިނޭންޝަލް އެނަލިލިސްގެ ދާއިރާއިން ނުވަތަ މިދާއިރާތަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ އިސްވެރިޔާ އަންގަވާގޮތުގެ މަތިން މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރުން.
  • ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭނުންވާ ގާނޫނީ ލަފާ ދިނުން.

މުސާރަޔާއި އިނާޔަތްތައް

28,000.00 –  32,800.00ރުފިޔާ

މަޤާމް:

ޗީފް އެނަލިސްޓް 

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ :

  • ބިޒްނަސް، ސްޓެޓިސްޓިކްސް، ފޮރެންސިކް ނުވަތް އެކައުންޓިން އެންޑް ފައިނޭންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ގާނޫނީ ދާއިރާ ފަދަ ދާއިރާއަކުން މާސްޓަރސް ޑިގްރީއާއެކު 03 އަހަރު ދުވަހުގެ ތަޖްރިބާ (ފައިނޭންސް ނުވަތަ ބިޒްނަސް އިންޓެލިޖެންސް ނުވަތަ ފައިނޭންޝަލް އެނަލިލިސްގެ ދާއިރާގެ) ހުރުން ނުވަތަ މިފަދަ ދާއިރާއަކުން ފުރަތަމަ ޑިގްރީއާއެކު 06 އަހަރު ދުވަހުގެ ތަޖްރިބާ (ފައިނޭންސް ނުވަތަ ބިޒްނަސް އިންޓެލިޖެންސް ނުވަތަ ފައިނޭންޝަލް އެނަލިލިސްގެ ދާއިރާގެ) ހުރުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބޭ ރިޕޯޓާއި މަޢުލޫމާތުތައް އިވެލުއޭޓްކުރުމާއި އެނަލައިޒްކުރުމާއި ރިޕޯޓްތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

21,000.00 – 25,000.00 ރުފިޔާ

މަޤާމް:

ސޮފްޓްވެއަރ ޑިވެލޮޕަރ 

ސެކްޝަން/ޑިވިޝަން:

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • އިންޕޮރމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން.
  • ސޮފްޓްވެއަރ އަދި ވެބް ޑިވެލޮޕް ކުރުމުގެ ފްރޮންޓް-އެންޑް އަދި ބެކު-އެންޑްގެ ތަޖްރިބާ ހުރުން.
  • ސޮފްޓްވެއަރ އަދި ވެބް ޑިވެލޮޕް ކުރުމުގައި ބޭނުން ކުރާ ޕީއެޗްޕީ، މައިއެސްކިޔޫއެލް، ޖާވާ ސްކްރިޕްޓް ފަދަ ލޭންގުއޭޖްތައް އެނގުން.
  • ލިނަކްސް އޮޕަރޭޓިންގ ސިސްޓަމަށް އަހުލުވެރިވެފައިވުން.
  • ޑޭޓާބޭސް ތައްޔާރު ކުރުމާއި ޑޭޓާބޭސްއަށް ދިމާވާ މައްސަލަތައް ހައްލު ކުރަން އެނގުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގައި ބޭނުން ކުރާ ޑޭޓާބޭސް ބެލެހެއްޓުމާއި ޑޭޓާބޭސްއަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ޑޭޓާބޭސް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް.

މުސާރަޔާއި އިނާޔަތްތައް

17,000.00 – 20,700.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

06 ޖަނަވަރީ 2019 ވަނަ ދުވަހުގެ 15:00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާ އަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

27 ޑިސެންބަރު 2018