ދިވެހިރާއްޖެ
01 އަހަރުގެ މުއްދަތަށްމި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް 29 އޮކްޓޯބަރ 2018 ވަނަ ދުވަހު ކުރެވުނު އިއުލާންގައި މައްސަލަ އެއް ހުރުމުން އެ އިއުލާން ބާތިލްކޮށް 01 އަހަރު ދުވަހުގެ މުއްދަތަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ. ވީމާ،މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސުކޫލުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށް ނަންނޯޓް ކޮށް މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ސުކޫލު އޮފީހަށް ދުރުވެދެއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މައުލޫމާތު ދިނުމުގެ ސެޝަނަށް ބައިވެރިވުމަށް ނަންނޯޓްކުރުން |
މަޢުލޫމާތު ދިނުމުގެ ސެޝަން |
އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން |
02 ޖެނުއަރީ 2018 ވަނަ ދުވަހުގެ 10:00 ގެ ކުރިން |
2018 ޖެނުއަރީ 03 ވަނަ ދުވަހު 10:00 |
2018 ޖެނުއަރީ 10 ވަނަ ދުވަހު 10:00 |
މިކަމަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިގަތުން އިސްވެދެންނެވި ގަޑީގައި މި ސްކޫލުގެ އޮފީހުގައި އޮންނާނެއެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014)ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިވުމަށް ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް މައުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މައުލޫމާތު ސާފުކުރުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި އަންދާސީ ހިސާބް ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާއި އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
ޝުކުރިއްޔާ
14 ރަބިއުލްއައްވަލް 1440
22 ނޮވެމްބަރ 2018