ދިވެހިރާއްޖެ
މަޤާމް :މިސްކިތު މަސައްކަތު | |||||||||
---|---|---|---|---|---|---|---|---|---|
ބޭނުންވާ އަދަދު :1 | |||||||||
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ ހިންނަވަރު، ދިވެހިރާއްޖެ
ނަންބަރު: IUL)326-HR/326/2018/46)
އިޢުލާން ވަޒީފާގެ ފުރުޞަތު ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މިސްކިތްތަކުގައި މަސައްކަތްކުރުމަށް މަސައްކަތު މީހަކު ހޯދުން:
ވޭޖް އެމްޕްލޯއިމަންޓްގެ އުޞޫލުން 2019 ވަނަ އަހަރު ހިންނަވަރު މިސްކިތުގައި މަސައްކަތްކުރާނެ މަސައްކަތު މީހަކު ނެގުމަށް ބޭނުންވެއެވެ. މިގޮތުން ނެގޭ ފަރާތަކަށް ތިރީގައި ދަންނަވާފައިއެވާގޮތުގެމަތިން އުޖޫރަ ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޑިސެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއާއެކު މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ވަނަވަރު ހުށަހަޅަންވާނެއެވެ. އިތުރު މަޢުލޫމާތު ބަންދުނޫން ކޮންމެދުވަހެއްގެ ރަސްމީ ގަޑީގައި މި އިދާރާއަށް ވަޑައިގަތުމުން ނުވަތަ މިއިދާރާގެ ނަންބަރު 6620301 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 13 ރަބީޢުލްއާޚިރް 1440 20 ޑިސެމްބަރ 2018 |